އެފްއޭއެމްގެ ކަންތައް ބޮއްސުންލައިގެން ގޮސް، މުޅިތަން ހުއްޓިފައިވަނިކޮށް، ފީފާއިންވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށް، އަދި އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައެވެ.
ކަން މިހެން އޮއްވައި، އެފްއޭއެމްގެ ރައީސްކަން ކުރައްވައި، އަދި އެންމެ ފަހުން އޮތް އިންތިހާބުގައިވެސް ވާދަކުރައްވަން މަސައްކަތް ކުރެއްވި ޓޮމްވަނީ، ސޯޝަލް މީޑިއާގައި އޭނާގެ އުދާސްތައް މިރޭ ބަންޑުން ކޮށްލައްވާފައެވެ.
އެފްއޭއެމްގެ ކަންތައް ބޮއްސުންލައިގެން ގޮސްފައިވާއިރު، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމްގެ މައްޗަށް އަންނަނީ ޖިނާއީ ދައުވާއެއް އުފުލި ޝަރީއަތް ކުރަމުންނެވެ. ފީފާއިން އޭނާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓް ކޯޓުންވަނީ ހިފަހައްޓައިފައެވެ.