ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަންގެ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފޯޑެން ހޮވުނު އިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ ކޯލް ޕާމާއެވެ. މިއީ، 2010 ގެ ފަހުން، އިނގިރޭސި ދެ ކުޅުންތެރިންނަށް މި ދެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.
ފޯޑެންވަނީ މިދިޔަ ސީޒަނުގައި ލީގުގައި، 35 މެޗުން 19 ލަނޑު ޖަހައިފަ އެވެ. ޕާމާ ވަނީ ލީގުގައި ކުޅުނު 34 މެޗުން 22 ލަނޑު ޖަހައިފަ އެވެ. ޕާމާއާ މި އެވޯޑަށް ވާދަކުރީ، އާސެނަލްގެ ބުކާޔޯ ސަކާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯބީ މައިނޫ އެވެ.