އެމްޓީސީސީގެ ސީއީއޯ ޒިޔާދު އެ މަގާމުން ވަކިކޮށްފި
މުހައްމަދު އާދަމް އަހްމަދު
21 އޯގަސްޓް 2024 - 17:15:18
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަބްދުﷲ ޒިޔާދު ވަކިކޮށްފިއެވެ.
ޒިޔާދު އެމަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި އެމްޓީސީސީއަކުންވެސް ނުބުނެއެވެ.
ޒިޔާދު މަގާމުން ވަކިކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް އެ ކުންފުނިން ހިންގުން އެހެން މީހަކާއި ހަވާލުކޮށްފައިވާކަން ވަނީ ޔަގީންކުރެވިފައެވެ.
އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޒިޔާދު އައްޔަންކުރީ މިދިޔަ ނޮވެމްބަރު 28 ވަނަދުވަހުއެވެ.
40%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް