މިނިސްޓަރު އަމީން މިހެން ވިދާޅުވެފައި މިވަނީ ކުއްލި ހާލަތުގައި ބަލި މީހުން އުފުލަން އެތެރޭގެ އެއާ އެމްބިއުލާންސްގެ އުދުހުންތަކަށް ބޭނުންކުރަން ހާއްސަކޮށް ފެށި ސީޕްލޭންގެ ކުލަ ބަދަލުކޮށް އޭގައި ފަތުރުވެރިން އުފަލަން ފަށާފައިވާކަމުގެ ވާހަކަ ފެންމަތިވެފައިވަނިކޮށެވެ.
މިނިސްޓަރު އަމީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީ ޕްލޭންގައި ބަލި މީހުން އުފުލުމަށް އޮތް މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެގޮތުން ބައެް މަސްމަހު ބަލި މީހަކު ގޮވައިިގެން ސީ ޕްލޭން އެއްވެސް ދަތުރެއް ކޮށްފައި ނުވާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަލި މީހުން އުފުލުމަށް އެއާއެމްބިއުލާންސްގެ ގޮތުގައި ވަކި ސީޕްލޭނެއް ހާއްސަކޮށްފައި ނެތް ނަމަވެސް ބަލި މީހަކު އުފަލަން ޖެހިއްޖެނަމަ އެކަމަށްް ކޮންމެވެސް ސީޕްލޭނެއް ހަމަޖައްސާ އެކަން ކުރުމަށް މޯލްޑިވިއަނުން ތައްޔާރަށް އޮތްކަމަށެވެ.
އެއާ އެމްބިއުލާންގެ ގޮތުގައ ސީ ޕްލޭން ތައާރަފުކުރީ 14 މާރިޗު 2023 ގައެވެ. އަދި އަަލަށް ތައާރަފްކުރި ސީޕްލޭން އެއާ އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލީގެ އޭގެ ފަސްދުވަސް ފަހުން 19 މާރިޗު 2023ގައެވެ.
އިތުރަށް ކިޔާލުމަށް : އެއާ އެމްބިއުލާންސްގެ ގޮތުގައި މާދަމާ ސީޕްލޭން ބޭނުންކުރަން ފަށަނީ
ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ 1 މާރިޗު 2023ގައެވެ. އެއަށްފަހު ސީޕްލޭން އެއާ އެމްބިއުލާންސްގެ ހިދުމަތް ސަރުކާރުން ފަށަން ނިންމީ އެއާޕޯޓު ނެތް ރަށްރަށުން ވެސް ބަލި މީހުން އުފުލުމުގެ ހިދުމަތް ލިބޭނެ މަގު ތަނަވަސް ކުރުމަށް ސީ ޕްލޭނެއްވެސް އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭއްވުމަށެެވެ.