ads
ފަސް ރަށެއްގައި އައިސްޕްލާންޓް އަޅައިދޭނެ ބަޔަކު ހޯދަނީ - ފޮޓޯ: މޯލްޑިވްސް ރިޕަބްލިކް
ފަސް ރަށެއްގައި އައިސްޕްލާންޓް އަޅައިދޭނެ ބަޔަކު ހޯދަނީ
ސައުދީ ފަންޑްގެ އެހީގައި ފަސް ރަށެއްގައި އައިސްޕްލާންޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ގެޒެޓުގައިކުރި އިއުލާނެއްގައި ބުނެފައި ވަނީ، އައިސް ޕްލާންޓް އަޅަން ނިންމާފައި ވަނީ ހއ. ދިއްދު އާއި އއ. ރަސްދު އާއި ގދ. ރަތަފަންދު އާއި ހއ. އިހަވަންދު އާއި ށ. ކޮމަންޑޫގައި ކަމަށެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދަނީ އިންޓަނޭޝަނަލް ބިޑިން އުސޫލުން ކަމަށްވެސް ފިނޭންސް މިނިސްޓްރީންބުނެ އެވެ.

ފިނޭންސުން އިތުރަށް ބުނީ، މި ބީލަމުގައި ބައިވެރިވުމަށް ސަތޭކަ ޑޮލަރުގެ ނަން-ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ނަގާނެ ކަމަށާއި، އެ ފައިސާ ބަލައި ގަންނަނީ މާދަމާއިން ފެށިގެން އޮކްޓޫބަރު 15 ގެ ނިޔަލަށް ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުއާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

ފިނޭންސް މިނިސްޓްރީން ބުނީ، ބީލަން ހުށަހަޅަންޖެހޭނީ އޮކްޓޫބަރުމަހުގެ 20ވަނަ ދުވަހުގެ 11:00 ގެ ކުރިން ކަމަށެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް