ads
އެމްއެމްއޭ
ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވި ވާހަަކައަކީ ދޮގެއް: އެމްއެމްއޭ
ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ދޮގެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
Advertisement

އެމްއެމްއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރިޒާވް މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުން މަހަށް ބަރާބަރަށް ޝާއިއު ކުރަމުން ކަަމަށެވެ.

އަދި ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

"އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ މިއޮތޯރިޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށް ދަންނަވަމެވެ،". އެ ބަޔާނުގައި ވެއެވެ.

އެމްއެމްއޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ހުސްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ދޮގުކޮށްފަ އެވެ.

ޑޮލަރު ރިޒާވު، ރާއްޖޭގެ ތާރީހު ގައިވެސް ފުރަތަމަ ފަހަރަށް ހުސްވެއްޖެ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ހަބަރު ފަތުރަމުންނެވެ. 

ނަމަވެސް އެކަން ދޮގު ކުރައްވާ މިނިސްޓަރު މުހައްމަދު ސައީދު "އެކްސް" ގައި މިރޭ ވިދާޅުވީ ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމަށެވެ.

އެމްއެމްއޭއިން ޖުލައި މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރީ 509.2 މިލިއަން ޑޮލަރެވެ. އަދި މެއި މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 492.2 މިލިއަން ޑޮލަރެވެ. އެހެންކަމުން، މެއި މަހާ އަޅާބަލާއިރު، ޖޫން މަހު ވެސް ރިޒާވް ވަނީ ކުރިއަރާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް