އެމްއައިބީ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދުރީސް ހުމްރީ އެވެ. ކްލީން މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ ހަފްސަތު އަލީމް އެވެ.
އެމްއައިބީއިން ބުނީ، މި އެއްބަސްވުމުގެ ދަށުން އިންދުމަށް ހަމަޖެހިފައި ވަނީ، 1000 ގަސް ކަމަށެވެ.
އެމްއައިބީއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ގަސް އިންދުމުގެ އިތުރުން ގަސް އިންދުމަށް އެކި ރައްރަށުގެ ރައްޔިތުން އަހުލުވެރި ކުރުމަށް ރަށް ރަށުގައިވެސް ގަސްއިންދުމުގެ ޕްރޮގްރާމުތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްއައިބީއަކީ ވިޔަފާރިތަކަށް ފަހި ބޭންކްއަކަށް ވާއިރު، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބޭންކަށް ނުގޮސް ވިޔަފާރިތަކަށް ގިނަ ހިދުމަތްތަކެއްލިބެ އެވެ.