ads
އެމްއެމްއޭ އިމާރާތް
ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފި
ޑިވެލޮޕްމަންޓް ބެންކް އޮފް މޯލްޑިވްސްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކުރައްވައިފި އެވެ.
Advertisement

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް(ޕީސީބީ) ން ބުނީ އެ ބޯޑަށް ތިން މެންބަރަކު މިއަދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. ބޯޑަށް އައްޔަނު ކުރެއްވީ ދިވެއްސަކާ ބޭރުގެ ދެ ބޭފުޅެކެވެ. އެއީ؛

  •  އަހްމަދު އަލީ - މއ. ވޭސައިޑް 805 ފްލެޓް
  •  ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދު - ސިންގަޕޫރު
  •  ރޮބަޓް ޑުނިއެލް ކާންޓް - އިނގިރޭސިވިލާތް

ޑިވެލޮޕްމަންޓް ބޭންކް އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެ ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރިން ހިމެނެ އެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެ އެވެ. މި ބޭންކަކީ ސައްތައިންސައްތަ ސަރުކާރު ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް