ads
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެންބަރުން ބައިވެރިވަނީ.
ޑިވެލޮޕްމެންްޓު ބޭންކުގައި ބައިވެރިވުމުގެ ފުރުސަތު އެސްޓީއޯއަށް
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންނީގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މިއަހަރުގެ މޭ މަހުގެ 16 ވަނަ ދުވަހު އެވެ. 

އަދި މި ބޭންކު މި ޖުލައި މަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޑިވެލޮޕްމެންޓް ބޭންކާ އެކު ރާއްޖޭގެ ތާރީހު ބަދަލު ކުރެވޭނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ އިތުރުން އަމިއްލަ ކުންފުނިތަކާ އެކު ކުރާ މަސައްކަތުން އެ ބޭންކުގައި އިންވެސްޓް ކުރާނެ އިންވެސްޓަރުންގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެެވެ.

ޑިވެލޮޕްމެންޓް ބޭންކަކާއި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނޭހެން ރާއްޖޭގައި މާލީ ސިނާއަތެއް ތަރައްގީ ކުރުމަށް މިދިޔަ ޖެނުއަރީ މަހު "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް ވަނީ އުފައްދާފަ އެވެ.

ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމާދު ވިދާޅުވީ އެ ކުންފުނިން ތަރައްގީކުރަން ނިންމާފައިވާ ޑިޖިޓަލް ބޭންކުގެ ބަދަލުގައި ޑިވެލޮޕްމެންްޓު ބޭންކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ބަލަން އަމިއްލައަށް ބޭންކެއް ހުޅުވުންތޯ ނޫނީ ބޭންކެއްގައި ބައިވެރިވުންތޯ ރަނގަޅީ،" ޝިމާދު ވިދާޅުވި އެވެ.

ބޯޑުގައި މަޝްވަރާކޮށް އެކަމަށް ގޮތެއް ފަހުން ނިންމާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ޑިވެލޮޕްމެންޓް ބޭންކުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

ތަރައްގީގެ މަޝްރޫއުތަކާއި އެފަދަ ކަންކަމަށް ލުއި ގޮތްތަކެއްގެ މަތިން ފައިސާ ދޭ ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް