ads
ރައްޔިތުންގެ މަޖިލިސް
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް 67 ވޯޓުން ފާސްކޮށްފި
ސަރުކާރުގެ ފަރާތުން ހުށައެޅި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
Advertisement

ސަރުކާރުގެ ފަރާތުން ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުސައެޅުއްވި ބިލު މަޖިލީހުން ފާސްކުރީ 67 މެމްބަރުންގެ ތާއީދާއެކުއެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ 10 މެމްބަރުންނެވެ. 

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލްގެ މަގުސަދެއްކަމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކޮށް ހިންގުމާއި ގުޅޭ ކަންކަން ހަރުދަނާކޮށް ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި ދެމެހެެއްޓެނެވި އަދި ޒިންމާދާރު ގޮތެއްގައި ދިވެހިރާއްޖޭގެ ބިމުގެ ބޭނުން ހިފެނޭ މޭރުމުން ބިނާވެށި ޕްލޭންކޮށް ހިންގުމާއި ، ބިން ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި ތަރައްޤީގެ މަސައްކަތްތައް މޮނީޓަރުކޮށް ފިޔަވަޅު އެޅުމާއި ބެހޭ އުސޫލަތައް ކަނޑައެޅުންކަމަށެވެ. 

މި ބިލާއި މެދު އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު  ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ބިލް މަޖިލީހުން ފާސްވުމުން ކައުންސިލަތަކަށް ލިބިފައިވާ  ބިން ޕްލޭންކުރުމާއި ބޭނުންކުރުމުގެ އިހްތިޔާރު އެއްކޮށް ކަޑާލެވި މިނިސްޓްރީ ތަކުގެ ބާރުގެ ދަށަށް ގެނެވިގެންދާނެކަމަށެވެ. 

ރައްޔިތުން އުއްމީދުކުރީ ގަދީމީ ޖާހިލް ބަދަލުތަކަކަށް ނޫންކަމަށާއި ރައްޔިތުން އެދުނީ ތަހްޒީބު ޒަމާނީ ޑިމޮކުރެޓިކް ބަދަލުތަކަަށްކަމަށެވެ. އަދި ސަރުކާރުގެ ކިބައިން ފެންނަނީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާތަންކަމަށްވެސް ނިޒާރުވަނީ ވިދާޅުވެފައެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް