ads
ރައްޔިތުންގެ މަޖިލިސް
މާބޮޑު ބަދަލެއް ނުގެނެސް، ވިޔަފާރިއާ ގުޅޭ ތިން ބިލެއް ފާސްކޮށްފި
ސަރުކާރުން ރައްޔިތުން މަޖިލިހަށް ހުށައެޅި ވިޔަފާރިއާ ގުޅޭ ތިން ބިލެއް ފާސްކޮށްފިއެވެ.
Advertisement

މކި ތިން ބިލުވެސް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ކޮމެޓީ މަރުހަލާގައި މާބޮޑު ބަދަލުތަކެއް ނުގެނެސްއެވެ. މި ބިލްތައް މަޖިލީހަށް ހުށައެޅީ މިމަހުގެ 13 ވަނަދުވަހުއެވެ. އަދި އެއްދުވަސްތެރޭ ބަހުސް ނިންމާ ކޮމެޓީއަށްް ފޮނުވުމުން ހަފްތާއެއްގެ ތެރޭގައި ކޮމެޓީގެ މަސައްކަތްވެސް މިވަނީ ނިންމާފައެވެ. 

މިއަދު މަޖިލީހުން ފާސްކުރީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ހުށައެޅުއްވި ފޮރިން އިންވެސްޓްމަންޓްގެ ބިލާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށައެޅުއްވި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު ހުށައެޅުއްވި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ބިލެވެ. މި ތިން ފާސްކުރަން ވެސް 77 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. 

މި ތިން ބިލަކީވެސް މިދިޔަ 19 ވަނަ ރައްޔިތުން މަޖިލީހުގައިވެސް ހުށައެޅި ބިލްތަކެވެ. މި ބިލްތައް މި ސަރުކާރުން އަލުން މަޖިލިހަށް ފޮނުވާފައިވަނީ މާބޮޑު ބަދަލުތަކެއް ނުގެނެސް ކުރިންވެސް އޮތް ގޮތަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް