ads
އެމްޑީޕީން މިއަދު ބޭއްވި ޕްރެސްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަދައްކަވަނީ
ކޮވިޑްގެ ހާލަތުގައި ވެސް ޑޮލަރުގެ ރޭޓު މައްޗެއް ނުވޭ :އަމީރު
ދުނިޔެއަށްް ދިމާވި އެންމެ ބޮޑު ކާރިސާ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގްތިސާދީ ދަތިތަކުގައިވެސް ޑޮލަރުގެ ރޭޓު އުފުލުނަ ނުދީ ހިފެހެއްޓިކަމަށާއި، މި ސަރުކާރަށް އެކަން ނުވާބީ ސަބަބެއްނެތްކަމަށް ބުނެ މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

އަމީރު މިހެން ވިދާޅުވެފައި މިވަނީ ޑޮލަރުގެ ތާށިކަން ބޮޑުވެ ރުފިޔާ ކާޑުން ދެން ޑޮލަރުގެ މުއާމާލާތް ނުކުރެވޭނެކަމަށް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނިކޮށެވެ.  

ޑޮލަރުގެ ރޭޓް މަތިވެގެން އުޅެނީ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕުކުރުމުންކަމަށް ބުނެ މި ސަރުކާރު ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ޑޮލަރުގެ ރޭޓް މައްޗަށް ގޮސްގެން މި އުޅޭނީ އޭރަކު ނޫންކަމަށެވެ. އެގޮތުން ކޮވިޑްގެ އެންމެ އިގްތިސާދީ ގޮތުން ދަތު ދުވަސްވަރުވެސް ޑޮލަރު ރޭޓް މަތިވިޔަ ނުދީ ހިފެހެެއްޓުނުކަމަށް އަމީރު ވިދާޅުވިއެވެ. 

ރާއްޖެއަށް ފަތުރުވެރިން އައު ފިޔަވާ އިތުރު އެއްވެސް ކަމެއް އިގްތިސާދީ ގޮތުން ނުހިނގާކަން ފާހަގަކުރައްވަމުން އަމީރު ވަނީ ޑޮލަރުގެ މާކެޓް ގޯސްވަމުންދާ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ. އަމީރު ވިދާޅުވީ އިގްތިސާދީ ހާލަތު ގޯސްވަނީ ސަރުކާރުގައި އެކަން ކުރަން ތިބި މީހުންނަށް އެކަން ރަނގަޅަށް ބަލަހައްޓާ ހިންގަން ނޭގުމުންކަމަށެވެ. އަދި ފިނޭންސް އިން ތައްޔާރުކުރާ މާލީ ހާލަތުގެ ރިޕޯޓްތައް ނުނެރޭތީ އެކަމަށްވެސް އަމީރު ވަނީ ފާޑު ވިދާޅުވެފައެވެ. 

" އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، ޖޫން މަހުގަ އެންމެފަހުން ވީކްލީ ފިސްކަލް ރިޕޯޓަށް ފަހު، ފިނޭންސް މިނިސްޓްރީން އެއްވެސް ވަރަކަށް ޕަބްލިޝްކުރިހެން އެ ރިޕޯޓެއް. އެ ރިޕޯޓު ހެދިހެން ވެސް، އެ ރިޕޯޓެއް ނުހަދާ. މިނިސްޓަރަކަށް ވެސް ރައީސަކަށް ވެސް، ކެބިނެޓުގަ ތިއްބަވާ ބޭފުޅަކަށް ވެސް ދައުލަތުގެ މާލީ ހާލަތު ހުރިގޮތް އެނގިވަޑައިގަންނަވާނީ ކިހިނެއްތޯ އެއީ ސުވާލެއް." އަމީރު ވިދާޅުވިއެވެ.

އަމީރު މިވާހަކަތައް ދައްކާވަފައި މިވަނީ ޑޮލަރު ކޮންޓްރޯލް ކުރަން ރުފިޔާ ކާޑުތަކަށް ބީއެމްއެލުން ޑޮލަރު ދޫނުކުރަން  މިއަދު ނިންމާ އިއުލާންކޮށްފައިވަނިކޮށެވެ. 

ގައުމީ ބޭންކުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ޑެބިޓް ކާޑްތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތްތަކަށް ވެސް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ބުންޏެވެ.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ މިއަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑުކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް