
ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލާގައި ހޯދާ އަންހެންމީހާ
ކުޑަކުއްޖަކަށް އަނިޔާކުރި މީހަކު ފިލައިގެން، ފުލުހުން އޭނާ ހޯދަނީ
މުހައްމަދު އާދަމް އަހްމަދު
26 އޯގަސްޓް 2024 - 10:03:56
ކުޑަކުއްޖަކަށް އަނިޔާކުރި އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަނީ ގދ. ގައްދޫ / ދިލާވަރުގެ، އުމުރުން 25 އަހަރުގެ ޝަފުރާ އަބްދުﷲ އާދަމްއެވެ.
އޭނާ ހޯދަމުން އަންނަނީ ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގަށްކަމަށް ފުލުހުން ބުނެއެވެ.
ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލާގެ ތަހުގީގަށް މި މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް އަންނަ މަހުގެ 2 ވަނދުވަހުގެ 10:00 ކުރިން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް