ads
އިމިގްރޭޝަނުން ބަލައި ފާސްކުރި ގޭގެ ތެރޭގައި ބިދޭސީން ތައްޔާރުކޮށްފައި ހުރި ކާ އެއްޗެހިތައް
ނުތާހިރުތަނެއްގައި ކާތަކެތީގެ ވިޔަފާރި ބިދޭސިންތަކެއް ހައްޔަރުކޮށްފި
ސާފުތާހިރުކަމެއް ނެތި ކާތަކެތި ހަދާ ވިއްކަމުން ދިޔަ ބިދޭސީންތަކެއް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މި މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތާއި ގުޅިގެން ހިންގި ރެއިޑެއްގައިކަމަށެވެ. 

your imageއިމިގްރޭޝަނުން ބަލައި ފާސްކުރި ގޭގެ ތެރޭގައި ކައްކަން ބޭނުންކުރި ބަދިގެ 

މިދިޔަ ހޮނިހިރު ދުވަހު އިމިގްރޭޝަނުން ހިންގި ރެއިޑްގައި ވަދެފައިވަނީ ހ.ބިއަންކާ އަށެވެ. މި ތަން ބަލާފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވަން ނޯޓިސް ދީފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

your imageބިދޭސީން ކައްކަމުން ދިޔަ ތަނާއި އިންވެގެން ހުރި ފާހާނާ

މި ރެއިޑްގެ ފޮޓޯތައްވެސް އިމިގްރޭޝަނުން ވަނީ އާއްމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަނީ މި މީހުން ކާތަކެތި ހަދާ ވިޔަފާރުކުރަމުން ދިޔައީ ވަރަށް ސާފުތާހިރުކަން ކުޑަތަނެއްގެ ތެރޭގައެވެ. ބެލެވޭ ގޮތުން މީ ބިދޭސީންނަށް ކާތަކެތީގެ ހިދުމަތް ދެމުން އައި ބަޔަކެވެ. މި މީހުން ކައްކަމުން ދިޔަ ތަނާއި އިންވެގެން ފާހާނާއެއް ހުރިއިރު އެތަނުގެ ފޮޓޯވެސް އިމިގްރޭޝަނުން ވަނީ ދައްކާލާފަައެވެ. 

your imageބިދޭސީން ކުރަމުންދިޔަ ވިޔާފަރި ބަންދުކޮށް ނޯޓިސް ހިއްޕަނީ 

ބީދޭސީއަކު މާލޭގައި އުޅޭ ބުޅާތައް ހިފާ އޭގެ މަހުން ކާތަކެތި ހަދާ ވިއްކަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވި ހިސާބުން އިމިގްރޭޝަނުން ހިންގާ ރެއިޑްތައް ކުރިޔަށް ގެންދާ ޓާސްކްފޯހުގައި ހެލްތް މިނިސްޓްރީވެސް ވަނީ ހިމަނާފައެވެ. އަދި އޭގެފަހުން ސާފުތާހިރުކަން ކުޑަކޮށް ހުންނަ ކެފޭތައް ބަންދުކުރަންވެސް އެޗްޕީއޭއިން ވަނީ ފަށާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް