ads
އެމްޕޮކްސް ޖެހިައިވާ މީހެއް
އެމްޕޮކްސް ރާއްޖެއަކުން ނުފެނޭ ފަތުރަނީ ދޮގު: އެޗްޕީއޭ
ރާއްޖެއިން އެމްޕޮކްސް ފެނިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގު ކޮށްފިއެވެ.
Advertisement

ހުޅުމާލެއިން އެމްޕޮކްސްގެ ކޭސްއެއް ފެނިފައިވާ ކަމަށް  ބުނެ ފެތުރެމުން ދާ ވާހަކަތައް ދޮގުކޮށް އެޗްޕީއޭއިން ބުނީ މިއަދާ ހަމައަށް ރާއްޖޭގައި އެ ބަލީގެ އެއްވެސް ކޭސްއެއް ރެކޯޑު ކުރެވިފައި ނުވާކަމަށެވެ. 

މި ބަލިން ރައްކާތެރުވުމަށް ރާއްޖޭގެ ފިޔަވަޅުތައް އަޅާ ތައްޔާރަށް އޮތްކަން ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މި ކަމަށް ބޭނުންވާ ޓެސްޓް ކިސްޓްތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. 

އެފްރިކާ ސަރަހައްދުން ފެނުނު މި ބަލި މިހާރު ވަނީ  ދިވެހި ދަތުރުކޮށް އުޅޭ ބައެއް މި ސަރަހައްދުގެ ގައުމުތަކުންވެސް ފެނިފައެވެ. 

އެމްޕޮކްސް (މަންކީ ޕޮކްސް) އަކީ ސިއްހީ ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް