ads
ރައީސް މުއިއްޒާއި ރައީސް ޔާމީން
ރައީސް މުއިއްޒާއި ޔާމީން ބައިވެރިވާ ހަރުގެ ޖަލްސާތައް މިރޭ
ސިޔާސީ ތިން ޕާޓިންވެސް މިރޭ ހަރުގެ ޖަލްސާތައް ބާއްވަން ނިންމައިފިއެވެ.
Advertisement

ވެރިކަން ހިންގާ ޕީއެންސީ ބުނީ އެޕާޓީގެ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެކަމަށެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާކަމަށް އެޕާޓީން ބުނެއެވެ. 

އަނެއްކޮޅުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަ ރައީސް ޔާމީން އިސްވެ އުފެއްދި ޕީއެންއެފުންވެސް ވަނީ އެ ޕާޓިގެ ޖަލްސާއެއް މިރޭ އޮންނާނެކަމަށް ބުނެފައެވެ. މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާކަމަަށްް އެޕާޓީން ބުނެއެވެ. 

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންވެސް ބުނީ އެޕާޓީގެ ޖަލްސާއެއް މިރޭ އޮންނާނެކަމަށެވެ. ހަވަރު ބެރުގެ ނަމުގައި އެޕާޓުން ކުރިޔަށް ގެންދާ ފެނަލް ޑިސްކަޝަންގައި މިރޭވެސް މުހިއްމު މައުލޫއަކަށް ވާހަކަދައްކަން ހަމަޖެހިފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

މިރޭގެ ޕެނަލްގައި މަޖިލިސް މެމްބަރުންކަމަށްވާ އއަމީން ފައިސަލާއި މައުރޫފް ޒާކިރުގެ އިތުރުން މިދިޔަ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގައި ހުންނެވި ރިޔާޒު މަންސޫރު ބައިވެރިވާނެކަމަށް އެމްޑީޕީން ބުނެއެވެ. 

 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް