ads
ރައީސް ބޭންކުން ހިންގަން އުޅެނީ ސަރުކާރުގެ ޑިޕާޓްމެންޓެއްހެން : އިލްޔާސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭންކުން ހިންގަން އުޅުއްވަނީ ސަރުކާރުގެ ޑިޕާޓްމެންޓެއް ހެން އަމުރު ކުރައްވައިގެންކަމަށް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅު ވެއްޖެއެވެ.
Advertisement

ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާަސް ވިދާޅުވީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެ ބޭންކުގެ ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާ ކުރަމުން ދިޔަކަމަށެވެ. އެގޮތުން އެ ބޭންކަށް ޑޮލަރު ނުލިބޭކަމަށް ދައްކަމުންދިޔަ ވާހަކަތަކަށް މަރުކަޒީ ބޭންކް އެމްއެމްއޭއިންނާއި ފިނޭންސް މިނިސްޓްރީން އަޅާނުލިކަމަށް އިލްޔާސް ވިދާޅުވިއެވެ. 

އިލްޔާސް ވިދާޅުވީ ސަރުކާރުގެ އަމަލުތަކުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓްމެންޓެއް ގޮތަށް އަމުރު ކުރައްވައިގެން ބޭންކް ހިންގަން އުޅޭ ތަންކަމަށްް އިލްޔާސް ވިދާޅުވި އެވެ. 

" އަޅުގަނޑުމެންނަށް މިފެންނަނީ މިނިވަން މުސްތަގިއްލު ބޭންކެއް، ސަރުކާރު ހިއްސާ އެބައޮތް. ބޭންކަކަށް ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ޑިޕާޓްމެންޓެއް ހެން އަމުރު ކުރައްވައިގެން ބޭންކް ހިންގަން އުޅޭތަން." އިއްޔެ ބީއެމްލުން އެ ބޭންކުގެ ކާޑުތަކަށް ޑޮލަރު ލިމިޓްކުރަން ނިންމި ނިންމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ބޭންކަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ކުރާ އިތުބާރު ގެއްލެމުންދާކަމަށެވެ. އަދި ރާއްޖޭގެ ފައިނޭޝަލް ސެކްޓަރަށް އޮތް އިތުބާރު ގެއްލިގެން ވެއްޓިގެން ގޮސްފައިވާކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. 

" ބޭންކިން ގާނޫނާއި ކުންފުނިތަކާ ބެހޭ ގާނޫނާއި ކޯޕަރޭޓް ގަވާނަންސް ކޯޑް އެކީ ފުނޑާލިތައް އިއްޔެ ލައިވް ޓީވީގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. މީ ހިތާމަ ހުރި ކަމެއް. ރާއްޖޭގެ ފައިނޭޝަލް ސެކްޓާއަށް އޮތް އިތުބާރު ގެއްލިގެން ދިޔައީ، ވެއްޓިގެން ދިޔައީ. މީގެ އަސަރުތައް ކުރިޔަށް އޮތް އެތައް ދުވަހަކަށް އަޅުގަނޑުމެންނަށް ފެނިގެންދާނެ." އިލްޔާސް ލަބީބް ވިދާޅުވި އެވެ.

ބީއެމްއެލްއިން އިއްޔެ ހެނދުނު ނިންމި ނިންމުމުގައި ބުނެފައިވަނީ ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބަދަލުގެނެސްފައެވެ. އެހެން ނަމަވެސް އިރު އޮއްސެނިކޮށް އެ ނިންމުން ބަދަލުކޮށް ކުރިން އޮތްގޮތަށް އަމަލު ކުރާނެކަމަށް އެ ބޭނުންކުވަނީ ބުނެފައެވެ.  

ބޭންކުގެ ނިންމުން ބަދަލު ކުރުމުން ސަރުކާރުންގެ ވަޒީރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލުން އަމަލު ކުރީ ރައީސް ޑރ. މުއިއްޒު އަންގަވާފައިވާ ގޮތާ ހިލާފަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް