ads
މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
ފެނަކައިގެ ޑީއެމްޑީއަކަށް ރުކުމާ ބަދަލުކޮށްފި
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ފެނައިކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
Advertisement

ރުކުމާ ފެނަކައިގެ ޑީއެމްޑީކަމަށް ބަދަލުކޮށްފައިވާއިރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި  އިބްރާހިމް ނާއިފް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. 

ރައީސް މުއިއްޒާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަދި ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިި އިރު އިންތިހާބީ އެޖެންޓްގެ ގޮތުގައި ހުންނެވި އިބްރާހިމް ނާއިފް ފެނަކައިން ވަކިކުރި ސަބަބެއް ޕީސީބީން ވެސް އަދި ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ. 

ކުންފުނިތަކުގެ ބޯޑުތަކަށް ގެނައި ބަދަލުތަކުގެ ތެެރޭގައި އިބްރާހިމް ނާއިފްގެ އިތުރުން ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރާއި ޑިރެކްޓަރު އަހަމަދު އީހާބު ކުއްލި ގޮތަކަށް އެ ކުންފުނިން ވަނީ މިމަހުގެ 9 ވަނަ ދުވަހު ވަކިކޮށްފައެވެ.

ރުކުމާ މުހައްމަދު އަބްދުލްކަރީމާއި ފެނަކައިގެ ޑީއެމްޑީގެ ގޮތުގައި ހަމަޖެއްސުމުން އަނެއްކާވެސް އެ ކުންފުނީގައި ތިބި ޑީއެމްޑީގެ އަދަދު ދޭކަށް އެރީއެވެ.  

 ދަރަނި 4.3 ބިލިއަން ރުފިޔާ އަރާކަމަށް އޮޕަރޭޝަންތައް ހުއްޓާ ހިސާބުގައި އޮތްކަމަށް ބުނާ ފެނަައިން ދާދި ފަހުން ވަނީ 700 ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް