ads
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ
ބީއެމްއެލުގެ ސީއީއޯ އިސްތިއުފާ ދެއްވަން ފިޝަރީޒް މިނިސްޓަރު ގޮވާލައްވައިފި
ބީއެމްއެލުގެ ސީއީއޯ އިސްތިއުފާ ދެއްވަން ފިޝަރީޒް މިނިސްޓަރު ގޮވާލައްވައިފި އެވެ.
Advertisement

ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން އެކަން އިއްޔެ ހެނދުނު އިއުލާން ކުރީ ވަރަށް ކުއްލި ގޮތަކަށެވެ. ނަމަވެސް އާންމު ރައްޔިތުން ނުރުހުމާއި ފާޑުކިޔުންތަކާ ގުޅިގެން އަދި ސަރުކާރުގެ ފިއްތުއްތަކާ އެކު ބީއެމްއެލްގެ އެ ނިންމުން ވަނީ އިއްޔެ މެންދުރުފަހު ބާތިލްކޮށް ކުރިންވެސް އަމަލުކުރަމުން ދިޔަ އުސޫލުން އަމަލުކުރަން ފަށާފަ އެވެ. 

ޕީއެންސީން މިރޭ ބާއްވާ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ބީއެމްއެލްގެ ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމީ އެމްޑީޕީން އިސްވެ ތިބެގެން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެއީ ބަޣާވާތެއް ކަމަށް ވިދާޅުވެ، ބީއެމްއެލްގެ ބޯޑުގައި ވެސް ތިއްބެވީ އެ ބަޣާވާތުގެ ބައިވެރިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު ބޭންކް އޮފް މޯލްޑިވްސް މި ޑިޒިޝަން ނެގުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނަކީ ސީދާ މި މާލީ ބަޣާވާތް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުންނާ އެކީގައި އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން. މިއަދު އެ ބޭފުޅުން ބޯޑުތަކުގައި ތިއްބަވާނެ ކަމެއް ނެތް" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އިއްޔެ ހިންގަން އުޅުނު ބަގާވާތް ކާމިޔާބު ނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގާބިލުކަމުންނެވެ. އަދި އެމަނިކުފާނާއެކީ މަސައްކަތް ކުރުމަކީ ފަހުރެއް ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އިއްޔެ ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވީ ރައީސް ކުރެއްވި މަސައްކަތުން ކަމަށެވެ.

ޝިޔާމް މި ވާހަކަތައް ދެއްކެވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ، އިއްޔެ ހިނގައިދިޔަ ކަންކަމަކީ ގާނޫނީ ސަރުކާރު ވައްޓާލަން ރޭވިގެން ހިނގި އަމަލެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަން އިއުލާންކޮށްފަ އެވެ.

ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް އެ ބައެއްގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ބީއެމްއެލްގެ ބޯޑުން މިދިޔަ ހަފުތާގައި ނިންމި ނިންމުމާ އެއްގޮތަށް، އެ ބޭންކުން އިއްޔެ ހެނދުނު ވަނީ ޕްރައިމަރީ އެކައުންޓަކަށް ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް ޑޮލަރު ނުދޭން ނިންމައިފައިވާކަން އިއުލާންކޮށްފަ އެވެ. ނަމަވެސް, އިއްޔެ ހަވީރު އެ ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

އެއާ އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްއިން އެކަން އިއުލާންކުރީ އެގޮތަށް އަމަލުނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފައިވަނިކޮށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެކަމުގެ ތަފުސީލު ދެއްވައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ގައުމު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވީ، އެ ޕާޓީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެން ޒިންމާދާރުކަމާއެއްކޮށް މި ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީ، އަދިވެސް ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ނުވަ މަސް ވީއިރު ކިޔަމުން ދަންޏާ އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ނާގާބިލުކަން މަތީގަ ސިލޯނަށް ވީ ގޮތް މި ގައުމަށް ވަމުންދާތަން." ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުގައި ތިބި ފަރާތްތަކާއި ގައުމު އަދި ދިވެހިންގެ ސަލާމަތަށް ޓަކާ މިހާރު ތިބިހެން ތިބެވެން ނެތް ކަމަށް އޭނާވެސް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް