ads
ރައީސް، ފިނޭންސް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރު - ފޮޓޯ/ ރައީސް އޮފީސް
ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރަނީ
ރާއްޖޭން ބޭރު ފައިސާ ލިބޭ މީހުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެެ.
Advertisement

ރައީސް މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމްއެމްއޭގެ ގަވާއިދުތަކަށް ގެންނަ އިސްލާހުތަކަކީ ރާއްޖޭގައި ހިންގާ ކަޅު ފައިސާގެ ބާޒާރުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ގެންނަ އިސްލާހުތަކެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ޑޮލަރުން ޢާމްދަނީ ލިބޭ ކުންފުނިތަކުން ދައްކަންޖެހޭ ޓެކްހާއި ޕެންޝަން ފައިސާ ޑޮލަރުން ދައްކަންޖެހޭގޮތަށް ބަދަލުކުރައްވާނެކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ގިނައިން މިފަދަ ތަންތަން ހިންގަނީ ވެސް، ބޭރު މީހުންކަން ފާހަގަކުރައްވާ ރައީސް ވަނީ، ބޭންކުން އިއުލާނު ކުރާ ބޭންޑުތަކަށްވުރެ މަތިން މިތަންތަނުން ޑޮލަރު މާރުކުރަން އުޅޭނަމަ ރައްޔިތުން އެތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

"އޭރުން ޑޮލަރު ރޭޓު ހިފެހެއްޓި، ކުޑަ ކުރެވި، ބޭންކުގެ ތެރޭގައި ޑޮލަރުގެ ރިޒާވް ބޮޑުކުރެވި ގިނަ ކަންތައްތަކެއް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރުވެސް ގައުމުގެ ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާނެ ކަމަށާއި އެގޮތުން ކުރީގެ ސަރުކާރުން ރާއްޖެ އިގްތިސާދީގޮތުން ފުން އަނދަވަޅަކަށް ވައްޓާފައިވާ ކަމަށެވެ. 

އެގޮތަށް ދިމާވީ ގިނަ އަދަދެއްގެ ރުފިޔާ ޗާލުކުރުމާއި ބޮޑު އިންޓްރަސްޓެއްގައި ލޯނުތައް ނެގުމާއި ކޮވިޑު ތެރޭގައި އިސްރާފުކުރުމުންކަން ރައީސް ފާހަގަކުރެއްވި އެވެ. 

ސަރުކާރުން މިހާރު ނިންމާފައި ވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީ ވެސް ޑޮލަރުން ބަލައި ގަންނަ ގޮތަށް ގަވާއިދު އިސްލާހު ކުރާށެވެ. އަދި އެ ވިޔަފާރި ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ހަމަޖައްސާނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް