ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ އެލްޖީއޭގެ ފަރާތުން އޮންލައިންކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި 40 ރަށެއްގެ ރަށު ކައުންސިލުންނާއި 5 އަތޮޅެއްގެ އަތޮޅު ކައުންސިލުން ޖުމްލަ 170 އަށް ވުރެ ގިނަ ފަރާތަކުން ބައިވެރިވާނެކަމަށެވެ.
މިއަދު ހެނދުނު ފެށި، މި ޓްރޭނިން ޕްރޮގްރާމު ފައްޓަވައިދެއްވައި މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަފުޅުގައި އެލްޖީއޭއިން ކައުންސިލުތަކުގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށާއި، އެލްޖީއޭގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދެންނެވި އެވެ. އަދި މި ފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލައްވައިފައި ވެ އެވެ.
މިއަދު ހެނދުނު ފެށި، މި ޓްރޭނިން ޕްރޮގްރާމު ފައްޓަވައިދެއްވައި މިނިސްޓަރު އާދަމް ޝަރީފު އުމަރު ދެއްކެވި ވާހަކަފުޅުގައި އެލްޖީއޭއިން ކައުންސިލުތަކުގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށާއި، އެލްޖީއޭގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދެންނެވި އެވެ. އަދި މި ފަދަ ޓްރޭނިން ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު ބައްލަވާލެއްވި އެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މި ޓްރޭނިން ޕްރޮގްރާމަކީ އޮންލައިންކޮށް ބާއްވާ ޓްރޭނިންގއަކަށް ވުމުން މި ކަމަށް ކުރިއަށް އޮތް ތިން ދުވަހު ހާއްސަ ސަމާލުކަމެއް ދެއްވައި، މި ކަމަށް ފޯކަސްކުރައްވައިގެން، އިހްލާސްތެރިކަމާއެކު ޓްރޭނިން ކުރިއަށް ގެންގޮސް ދެއްވުމަށް ޕްރޮގްރާމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
މިއަދުން ފެށިގެން މި މަހުގެ 29 އަށް އެލްޖީއޭގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ލިބި ކައުންސިލުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.