މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްއަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.

Advertisement
މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމްއަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ.
އާތިފް އަސްލަމްގެ އޮފިޝިއަލް އިންސްޓަގުރާމު އެކައުންޓު މެދުވެރިކޮށް އެހަބަރު ސަޕޯޓަރުންނަށް ހިއްސާކޮށްފައިވާއިރު ދަރިފުޅާއި ދަރިފުޅުގެ މަންމަ (އަންހެނުން) ސަނާ ބަރްވާނާގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.
އެޕޯސްޓާއެކު އާތިފް ވަނީ ދަރިފުޅުގެ ފޮޓޯވެސް ހިއްސާކޮށްފައެވެ. އެހަބަރާއެކު އާތިފްގެ ސަޕޯޓަރުން އޭނާއަށް މަރުހަބާ ކިޔަމުން އަންނައިރު އާތިފަށް ލިބިފައިވަނީ ކޮން ކަހަލަ ކުއްޖެއް ކަމެއް އޭނާ ބުނެފައެއް ނުވެއެވެ.
އާތިފް ކައިވެނިކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އެދެމީހުންނަށް ފުރަތަމަ ދަރިފުޅަށް މިޙާރު ފަސް އަހަރު ފުރިފައިވާއިރު އެކުއްޖާއަށް ކިޔަނީ އަހަދުއެވެ.