ads
ރައީސް ޑރ. މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް
ސިޔާސީ މީހުން ވަކިކުރާނެ ގޮތުގެ ލަފާ ރައީސަށް އަރުވައިފިިން: އަދުރޭ
ހަރަދު ކުޑަކުރުމަށް ސިޔާސީ މުވައްޒަފުން މަދުކުރަން އަމަލުކުރާނެ ގޮތުގެ ލަފައެއް ރައީސް ޑރ. މުއިއްޒަށް އަރުވާފައިވާކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދު ﷲ ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން  ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ހަރަދު ކުޑަކުރަން ސީޔާސީ މުވައްޒަފުން މަދުކުރުމަށް މަޝްވަރާތަކެއް ކޮށް އެކަމުގައި  އަމަލުކުރާނެ ގޮތުގެ ލަފާ ރައީސްއަށް މިހާރު އަރުވާފައިވާކަމަށެވެ. އަދި އެކަމުގައި ގޮތް ނިންމަވާނީ ރައީސްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

 

"ސިޔާސީ މުވައްޒަފުންނާ މެދު ޕާޓީން އަރުވަންޖެހޭ ލަފަޔެއް މިހާރު އަރުވަމުން މިގެންދަނީ. އެ ލަފާ ތަންފީޒް ވާނީ ކޮންއިރަކު ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެކަން ނިންމާނީ ރައީސް" އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އެދުމުންވެސް ބައެއް އިދާރާތަކުން ވަނީ އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް