ads
އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު
ކުއްޖަކަށްް ޖިންސީ ގޯނާކުރުން، ދިފާއީ ވަކީލަކަށް ޑެޕިއުޓީ މިނިސްޓަރެއް
ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ މީހެއް ދިފާއު ކުރުމުގައި ވަކީލެއްގެ ގޮތުގައި ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއް މަސައްކަތް ކުރާ މައްސަލަ ފެންމަތިވެއްޖެއެވެ.
Advertisement

މި މައްސަލައަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވި މީހެއްގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކުރި މައްސަލަ އެކެވެ. ހައިކޯޓްގައި ކުރިޔަށް ދާ މި މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހާޒިރުވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދެވެ. 

މި މައްސަލާގައި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ދައުލަތުގެ ވަކީލުން ބުނީ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާތީ ކުރެވިގެން ވާނެކަމެއް ނޫން ކަމަށެވެ. ޕީޖީގެ ވަކީލް މިކަން ފާހަގަކުރުމުން އެ މައްސަލާގެ އިއްޔެ އޮތް އަޑުއެހުން ވަނީ ކުރިޔަށް ނުގެންގޮސް ހުއްޓަލާފައެވެ. 

މީގެ ކުރިން ޓެކްސްގެ މައްސަލައެއްގައި މީރާއި ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ވަނީ ދައުލަތާ ދެކޮޅަށް ވަކާލާތުކޮށްފައެވެ. އެފަހަރު ދައުލަތާއި ދެކޮޅަށް ވަކާލާތުކުރީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރެވެ. 

އެ ފަހަރު އެ މައްސަލަ ބަލާ ރައީސް އޮފީހުން ބުނީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުން ވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް