މުހީތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރީ އޭރު 18 އަހަރު ފުރިފައި ނުވާ ދެ ކުއްޖެއްގެ މައްޗަށެވެ. އެއީ އައްޑޫ ސިޓީ، މަރަދޫ، ކުރުދުމާގެ އަލީ އަތޫފާއި، މއ. ދުއްލިސާގެ މުހައްމަދު މާހިން ޝާފީގެ މައްޗަށެވެ. މީގެ ތެރެއިން ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވަނީ އަލީ އަތޫފުގެ މައްސަލަ އެވެ.
އަތޫފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އޭނާ މަރަން ޖުވެނައިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ މައްސަލަ އެވެ. ހައިކޯޓުން އަތޫފްގެ މައްސަލައިގައި ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ.
މިހާދިސާ ހިނގިއިރު އަތޫފާއި މާހިން ޝާފީއަށް 18 އަހަރު ފުރިފައި ނުވި ނަމަވެސް މިހާރު އަތޫފާއި މާހިން ޝާފީއަށް ވެސް ވަނީ 18 އަހަރު ފުރިފަ އެވެ.