ads
އަންހެންމީހާގެ ކަރުގައި އޭނާ ވަޅި ޖައްސައިގެން ސައިކަލްގައި ދަނީ
ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ސަލާމަތް ކޮށްފި
އަންހެނަކު ބަންދުކޮށް ކަރުގައި ވަޅި ޖައްސާ ބިރު ދައްކާ އެ މީހާ ސަލާމަތް ކުރަން އުޅެފިނަމަ ކަރަށް ވަޅި ޖަހާ މަރާލާނެ ކަމުގެ އިންޒާރު ދިނުމުން އެ އެމީހާގެ ފުރާނަަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފި އެވެ.
Advertisement

ރަހީނުކޮށްގެން ގެންގުޅުނު އަންހެން މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ. އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފިރިހެން މީހާއަށް ވެސް އަނިޔާވެފައިވާތީ އޭނާއަށް ވެސް ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާގެ ބޮލަށް ލިބުނު އަނިޔާ ބެލުމަށް މިރޭ ސީޓީ ސްކޭނެއް ހައްދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގައި ރަހީނުކޮށްފައި ހުރި އަންހެން މީހާއަށް އެ ގޭގެ ތެރޭގައި އަނިޔާ ކޮށްފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރަން އުޅުމުން އެ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރު ދެމުން ދިޔަ ކަމަށެވެ.

އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ އޭނާ ސައިކަލަށް އަރުވައިގެން ފިލަން މަސައްކަތް ކުރި އެވެ. ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އަންހެން މީހާ ސައިކަލުގެ ކުރީގައި ބައިންދައިގެން، އެ މީހާ ފުލުހުންނާ ވާހަކަތަކެއް ދައްކާ މަންޒަރު ފެނެ އެވެ. 

އެކަމަކު ދެއްކި ވާހަކައެއް ވީޑިއޯއަކަށް ސާފެއް ނުވެ އެވެ. އޭގެ އިރުކޮޅެއް ފަހުން، އެ މީހާ ވަނީ ރަހީނުކޮށްފައިވާ އަންހެން މީހާ ގޮވައިގެން ސައިކަލުގައި ނައްޓާލައިފަ އެވެ. އޭނާ ސައިކަލުގައި ދިޔުމާ އެކު، ފުލުހުންތަކެއް ސައިކަލުގެ ފަހަތުން ދުވެފައިދާ މަންޒަރު ފެނެ އެވެ.

އެހެން ކަމުން އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އަންހެން މީހާ އެ ފިރިހެން މީހާގެ ކިބައިން ސަލާމަތް ކޮށްފައިވާ ކަަމަށް ވަނީ ބުނެފަ އެވެ.

ފުލުހުން ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް ސާފެއް ނުވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް