ބުރަސްފަތިދުވަހު ފަތިހު ލ. ގަމުން ފުރައިގެން ދަތުރުކުރަނިކޮށް ހަބަރެއް ނުވެގެން ހޯދަމުން އައީ "އަކްރިސް" ނަމަކަށް ކިޔާ ބޯޓެެކެވެ. މި ބޯޓް ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓްކުރީ ރޭ 19:10 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
14 މީހުންނާއި އެކު ދަތުކުރަމުން ދިޔަ މި ބޯޓް ފެނުނީ އިންޖީނު ހުއްޓި އޮޔާދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ބޯޓް ފެނުނުއިރު އޮތީ މ. ރަތްމަންދޫގެ އިތުރުން 22 ނޯޓިކަލް ބޭރުގައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ބޯޓް ފެނިފައިވަނީ އެ ބޯޓް ހޯދަން ނުކުތް ކޯސްޓްގާޑްގެ އިންސްޕްޓާ އުޅަނދު މާފަތް ލޯންޗަށެވެ. މި ބޯޓް ހޯދުމުގައި ޑްރޯން ބޭނުންކުރިތޯ ނޫސްވެރިން ސުވާލުކުމުރުން އެ ސުވާލަށް އެމްއެންޑީއެފުން ޖާވަބެއް ނުދެއެވެ.