ads
ލޯންޗު ގޮވުން، ސްކްރިޕްޓް ލިޔުނީ އަބްދުއްރަހީމް: ޔާމީން
'ފިނިފެންމާ' ލޯންޗު ގޮއްވާލުމަކީ ޑްރާމާއެއް ނަމަ އޭގެ ސްކްރިޕްޓު ލިއުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ކަމަށް ކުރީގެ ރައީސް އަބްދު ﷲ ޔާމީން ވިދާޅުވެއްޖެއެވެ.
Advertisement

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިހާރު ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮވުމަކީ ރައީސް ޔާމީން ކުޅުއްވި ޑްރާމާއެކޭ މިހާރު ހީވެލައްވާކަމަށެވެ. އަދި އެކަން ކުރީ މީހާރު ރައީސް ޔާމީންގެ އަރިހުގައި ހުންނެވި ކެޕްޓަން އަހުމަދު ފަޔާޒްކަމަށް ޔާމީން އޭރު ވިދާޅުވިކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.  

ރައީސް ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމްގެ ވާހަކަތަކަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅު ގޮވި މައްސަލާގައި މިހާރު އަބްދުއްރަހީމް ދައްކަވާ ވާހަކަތައް ތަފާތު ވެއްޖެކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ 'ފިނިފެންމާ' ލޯންޗު ގޮވުން އެއީ ޑްރާމާއެއް ނަމަ އޭގެ ސްކްރިޕްޓް ލިޔުއްވީ އަބްދުއްރަހީމް ކަމަށެވެ. 

" އަބްދުއްރަހީމް ވިދާޅުވެއްޖެ، ފިނިފެންމާ ލޯންޗު ގޮއްވާލަން އުޅުމަކީ ކުޅުނު ޑްރާމާއެކޭ. އެހެންވީމާ އަޅުގަނޑު ދަންނަވާލަން އޮތީ އޭގެ ސްކްރިޕްޓު ލިޔެދީފައި އެ އޮތީ އަބްދުއްރަހީމްއޭ. .... އެއީ އޭގެ ކުރިން ދެއްކި ވާހަކައެއް ނޫން އޭނާ އެ ދައްކަވަނީ. އެހެންވީމާ ގަބޫލުކުރެވެނީ އޭގެ ސްކްރިޕްޓު ލިޔެދީފައި އެ އޮތީ އަބްދުއްރަހީމް ކަމަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިން ވަނީ ރިޔާސީ ލޯންޗުގެ ހާދިސާއާ ގުޅިގެން އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަށް  ހޯމް މިނިސްޓަރު އަލީ އިހްސާން އެއްޗެއް ވިދާޅުނުވުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަބަބެއް ކަމަށް ވިދާޅުވީ 'ފިނިފެންމާ' ލޯންޗުގެ ތަހުގީގުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އިހްސާންކަމަށް ވުންކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވަރުގެ ގައިރު ޒިންމާދާރު ވާހަކައެއް ބުނީމާ ނޫނީ މިވަރުގެ ތެދު ވާހަކައެއް ބުނީމާ މީނާ ޖަވާބުދާރީ ވުމަކީ ނޫނީ ނުވުމަކީ ތަހުޒީބީ އަމަލެއްތޯ؟ ނޫނީ ނާތަހުޒީބީ އަމަލެއްތޯ؟" ޔާމީން ސުވާލު އުފެއްދެވިއެވެ.

ރިޔާސީ ލޯންޗު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލީ 2015 ވަނަ އަހަރު އެވެ. އެ ލޯންޗުގައި އެއްޗެއް ގޮވީ އެ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެޑައިގަތުމަށްފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން މާލެއަށް ދަތުރުކުރައްވަނިކޮށެވެ. އެ ލޯންޗު ގޮވީ މާލޭ ފަޅަށް ވަދެ ތޮއްޓާއި ގާތްކުރަނިކޮށެވެ. އެ ހާދިސާގައި ރައީސް ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް އެކިވެރިގެ އަނިޔާވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް