އުމުރުން 39 އަހަރުގެ ރޮނާލްޑޯ ރެކޯޑް އަދަދެއް ކަމަށްވާ ހަ ވަނަ ޔޫރަޕިއަން ޗެމްޕިއަންޝިޕުން ފެނިގެން ދިޔައިރު، ޕޯޗުގަލް ކުއާޓާ ފައިނަލުން ވަކިވި ނަމަވެސް އޭނާ އަށް ކޯޗު ރޮބާޓޯ މާޓިނޭޒްގެ ތާއީދުވަނީ ލިބިފައެވެ. ޔޫރޯގައި ލަނޑެއް ނުޖެހުނު ނަމަވެސް، ރޮނާލްޑޯ އާ ސީޒަން ފެށީ ސައުދީ ޓީމު އަލް ނަސްރަށް ހަތަރު ގޯލު ޖަހައިގެންނެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗުތައް އޮންނާނީ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އަދި އަށްވަނަ ދުވަހުއެވެ.