ads
ރަބީއުވިލާ
ބޯ މީހުން އައްޑާއަކަށް ބޭނުންކުރި، ރަބީއުވިލާ ތަޅާ ބިމާއި ހަމަކޮށްލައިފި
މާލޭގައި ފަޅަށް ހުރި މއ. ރަބީއުވިލާ ތަޅާ ބިމާއި ހަމަކޮށްލައިފިއެވެ.
Advertisement

މާލޭގައި ފަޅަށް ހުންނަތާ އެތައް ދުވަހެއްވެފައިވާ އަދި ފަހުން ޑްރަގު ބޭނުންކުރާ މީހުން އައްޑާއެއްގެ ގޮތުގައި ބޭނުންކުރި މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ މަހުގެ 17 ގައެވެ. 

މިގެ ތެޅާ ބިމާއި ހަމަކުރުމުގެ މަސައްކަތް ކުރީ ސިޓީތަކާއި ބެހޭ މިނިސްޓްރީގެ ޕަބްލިކް ވާކްސް ޔުނިޓުންނެވެ. ސިޓީ ތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް އެއްކޮށް ނިންމާ،ީ 14 ދުވަހުގެ ތެރޭގައިކަމަށެވެ. އަދި މި މަސައްކަތް ނިންމާލީ ކައިރީގައި ހުރި އެއްވެސް ގެއަކަަށް މާބޮޑު ގެއްލުމެއް ނުލިބިކަމަށެވެ. އެހެންނަމަވެސް ކުޑަ ދެ ބަދަލެއް ދޭންޖެހުނުކަން ފާހަގަކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ އެކަންތައްވެސް ސަރުކާރުން މިހާރު ނިންމާފައިވާކަމަށެވެ. 

" އެއްގެއެއްގެ ބިއްލޫރި ގަނޑެއް ތަޅައިގެން ދިޔަ. އަޅުގަނޑުމެން އެ ބަދަލު ދިނުމުގެ މަސައްކަތް ނިންމާފައި މިހާރު އެހެރީ. އަދި އެހެން ގެއެއްގެ ބޭރުގައި ހުރި އެއާކޯނެއްގެ އައުޓްޑޯ ޔުނިޓުގެ ކުޑަ މައްސަލައެއް ދިމާވެގެން އަޅުގަނޑުމެން ހަމަ އެކަންވެސް ހައްލުކޮށްދީފައި މިހާރު ވާނީ." އާދަމް ޝަރީފު ވިދާޅުވިއެވެ.

your imageރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް ކުރަނީ

މި އަހަރުގެ އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ރޭ ރަބީއުވިލާގޭގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް ހޫނުގެ އަސަރުކޮށް އިމާރާތްވަނީ އިތުރަށް ހަލާކުވެފައެވެ. 

އޭގެ މަހެއްހާ ދުވަސްފަހުން، މޭ މަހުގެ 20ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ ޒުވާނަކު އެގޭގެ ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. 

މާލޭގައި ބާވެ ބޮލަށް ވެއްޓޭވަރު ތަޅާލަން ޖެހޭ 15 ވަރަކަށް އިމާރާތްހުރިކަމަށް ކަމާއި ގުޅޭ އިދާރާތަކުން ވަނީ ބުނެފައެވެ. ރައީސް ޑރ. މުއިއްޒު މާލޭ ސިޓީގެ ކައުންސިލްގެ މެމްބަރުންނާއި ބައްދަކުކުރެއްވި ދުވަހު މާލޭ މޭޔަރު އާދަމް އާޒިމް ވަނީ މި ގޮތަށް ހުރި އިމާރާތްތައް ތަޅާލުމަށް ދާ ހަރަދު ހަމަޖެހޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ރައީސް އަރިހުން އެދިވަޑައިގެންފައެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް