ads
ރައީސްގެ ތުރުކީ ދަތުރުފުޅުގެ ތެރެއިން
ރާއްޖެއާއި ތުރުކީގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލައިފި
ރާއްޖެއާއި ތުރުކީގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ސަރުކާރުން އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެފްޓީއޭ އަށް އެއްބަސްވުމުގެ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އެކުލަވާލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެން އޮންނާނީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް އެ އެއްބަސްވުން ހުށަހަޅައި ފާސްކުރުމެވެ.

އެ އެގްރީމަންޓުގެ ތެރެއިން 214 އައިޓަމެއް ރާއްޖެއަށް ދިނުމަށް އެދިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭގެތެރެއިން އެއްކޮށް ޑިއުޓީ ކަނޑާލަން 38 އެދުނު ކަމަށެވެ.

މި އެއްބަސްވުމުގެ މަސައްކަތް މިހާރު ދާ ގޮތުން އަންނަ އަހަރު ކުރީކޮޅަށް އެއްބަސްވުމުގައި ސޮއިކޮށް ޢަމަލުކުރަން ފެށޭނެ ކަމަށެވެ. މި އެއްބަސްވުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ނިންމާލާފައިވާއިރު އެއްބަސްވުމުގައި ސޮއިކޮށް ތަންފީޒުކުރެވޭނެ ކަމަށް ލަފާ ކުރެވެނީ މިއަހަރު ޑިސެމްބަރު މަހު ނުވަތަ އަންނަ އަހަރު ކުރީކޮޅުގައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ތުރުކީއަކީ ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމެވެ. ދެ ގައުމުގެ ގުޅުން މިހާރު ވަރަށް ބޮޑަށް ވަނީ ބަދަހިވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައިވަނީ ރާއްޖެއިން އެގައުމަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް ކުޑަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފަ އެވެ. މިއާއެކު ދެ ގައުމު ދެމެދު މިހާރު ސޮއިކުރުމަށް މަސައްކަތް ކުރާ ޕީޓީއޭގެ ތެރެއިން އެކަން ކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް