ads
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު
އަންހެންކުއްޖާ ސަލާމަތްކުރި ފުލުހެއްގެ އިނގިލިތައް ބުރިވި، އެވާހަކަ ދައްކަންޖެހޭ: ސީޕީ
މިދިޔަ ބުރާސްފަތިދުވަހުގެރޭ ކަރުގައި ވަޅި ޖައްސާ ރަހީނުކުރި އަންހެން ކުއްޖާ ސަލާމަތްކުރުމުގައި ފުލުހަކަށް ލިބުނު ޒަހަމްތަކުގެ ވާހަކަ ނުދައްކާތީ އެކަމުގެ ކަންބޮޑުވުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ފާޅުކުރައްވައިފިއެވެ. އަންހެން ކުއްޖާ ސަލާމަތްކުރުމުގައި ފުލުހެއް އިނގިލިތައް ބުރިވި
Advertisement

މާލޭގެ މަގުމަތީގައި ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމުން އެމީހާ ފަހަތުން ގޮސް މުގުރަކުން ޖަހާ އަންހެން މީހާއަށް އަނިޔާއެއް ވިޔަ ނުދީ ފުލުހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ. އެހެންނަމަވެސް މި ހާދިސާގައި ފުލުހަކަށް އަނިޔާވި ވާހަކަ މިހާތަނަށް ފުލުހުން ބުނެފައެއް ނުވެއެވެ.  

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން  ސީޕީ ޝުޖާއު ވިދާޅުވީ އަންހެން ކުއްޖާ ރަހީނުކުރި ހާދިސާގައި އެ އަންހެން ކުއްޖާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހަކު ޒަހަމްވެފައިވާކަމަށެވެ. 

އެ ފުލުސް މީހާ ޒަހަމްވީ އަންހެން މީހާ ރަހީނުކުރި ފިރިހެން މީހާ ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ފިރިހެން މީހާ ސަލާމަތްކުރުމުގެ ތެރޭގައިކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އެ ހާދިސާގައި ފުލުސް މީހާގެ އިނގިލިތައް ޒަހަމްވެފައިވާއިރު އެކަން އެއްވެސް ފަރާތަކުން ފާހަގަ ނުކުރާތީ ސީޕީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

" އޭނާގެ އަތުގެ އިނގިލިތަކަށް ލިބުނު ޒަހަމުތައް އެއީ ސަސްޕެކްޓަށް ލިބެން އޮތް ބޮޑު އަނިޔާއަކުން ސަލާމަތްވާން މެދުވެރިވި ސަބަބު،" ސީޕީ ސުޖާއު ވިދާޅުވިއެވެ.

ސިޕީ ވިދާޅުވީ މި ހާދިސާގައި އަންހެން މީހާ ރަހީނުކުރި މީހާއަށް މާބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީ އެ ފުލުސް މީހާގެ ހުށިޔާރުކަމުންކަމަށެވެ. 

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގެ މަގުމަތީގައި ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމަށް މަސައްކަތްކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރުއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަންހެން ކުއްޖާ ސަލާމަތްކުރަން ފުލުހުން ކުރި މަސައްކަތުގައި އަތްހަރުގައިގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެޑީކޭއިން ފަރުވާދިނުމަށްފަހު ދޫކޮށްލި ފަހުން އޭނާގެ ހާލު ގޯސްވުމުން ރޭ ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އޭނާއަށް ފަރުވާދީފައެވެ.

ފުލުހުން ބުނީ  އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރު ނެރުނީ އޭނާގެ އައިރު ހާޒިރުގައިކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް