ads
އެފްއޭއެމްގައި ފުލުހުން އަދި އެފްއޭއެމްގެ މުވައްޒަފެއް - ފައިލް ފޮޓޯ
ނޯމަލައިޒޭޝަން ކޮމިޓީގެ ބައްދަލުވުންތައް ހައި ސެކިއުރިޓީގައި
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މުހިންމު ބައެއް ބައްދަލުވުންތަކަށް ކުރިއަށް ގެންދަނީ ފުލުހުންގެ ހައި ސެކިއުރިޓީގައި ކަން އެނގިއްޖެއެވެ.
Advertisement

އެފްއޭއެމްގެ ރައީސްކަމުގައި ހުރި ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށް، ފީފާއިން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީގެ ބައެއް ބައްދަލުވުންތައް މިހާރު ބާއްވާފައިވާއިރު، މިދިޔަ ހަފްތާގައި ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި، ވީއައިޕީ ރޫމްގެ ބޭރުގައި ފުލުހުންގެ ސެކިއުރިޓީ އޮފިޝަލުން ފޯރިމެރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ތިއްބެވެ. ރިޕޯޓްތައް ބުނާ ގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ އެ ބައްދަލުވުމަށް، ފުލުހުން ސެކިއުރިޓީ ދިނީ ބައްދަލުވުމުގެ ހައްސާސް ކަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ކުޅިވަރު ވަޒީރު އަހުމަދު ޒުހޫރު ލީޑް ކުރައްވާ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތް ކުރިއަށްދަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އޮފީސް ވީރާނާވެފައި ވުމުން، ވަގުތީ ގޮތުން ގަލޮޅު ދަނޑުގައެވެ.

ނޯމަލައިޒިން ކޮމިޓީގެ މައިގަނޑު މެންޑޭޓުގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާއިރު، އެފްއޭއެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ އިތުރުން، އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން ވެސް ހިމެނެ އެވެ. އަދި ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުމަކީވެސް އެ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް