ads
ރައީސް ޑރ. މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ބިދޭސީންގެ ފީތައް ކޮންމެ ދޮޅު އަހަރަކުން ބޮޑު ކުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްޓަކައި، ސަރުކާރަށް ދައްކަންޖެހޭ ފީ ބޮޑު ކުރެވޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ރައްްޔިތުންގެ މަޖިލީހުން އިސްލާހް ގެނެސް ފާސް ކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.

މި ބިލު ފާސްކުރަން ވޯޓު ދީފައިވަނީ 65 މެންބަރުންނެވެ. އެ ބިލާ ދެކޮޅަށް އެމްޑީޕީގެ 10 މެންބަރުން ވަނީ ވޯޓުދީފަ އެވެ.

ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ބިދޭސީ މަސައްކަތްތެރިން ވޯކް ޕާމިޓުގެ ގޮތުގައި 350 ރުފިޔާ ދައްކަންޖެހެ އެވެ. އަދި، ކޯޓާ ފީގެ ގޮތުގައި އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެއެވެ.

ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާ ފާސްކުރި އިސްލާހުގައި ބުނެފައިވާ ގޮތުގައި 18 މަސް ދުވަހަކުން އެއްފަހަރު އެ އަދަދު ބަދަލުކުރުމުގެ އިހުތިޔާރު ސަރުކާރަށް ލިބެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި މުރާޖާ ކުރުމަށް ފަހު، ކަނޑައެޅުނު އަަދަދު 30 ޕަސަންޓަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

ހަމައެއާއެކު އެ އިސްލާހުގައިވަނީ، އިހުމާލުވާ މީހުންގެ މައުލޫމާތު އާންމު ކުރުމާއި އެ މީހުން 50،000 ރުފިޔާއިން ޖޫރިމަނާކުރުން ހިމަނާފަ އެވެ. އެއާ އެކު އިހުމާލުވާ ފަރާތްތަކުން ބިދޭސީން ގެނައުމުގެ ހިދުމަތްތައް ވަކި މުއްދަތަކަށް ދިނުން ހުއްޓާލެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ބިދޭސީންނާ މެދު ވެވޭ އިހުމާލެއްގެ ގޮތުގައި ބަލައި ކަންކަމުގެ ތެރޭގައި ހިމަނާފައިވަނީ މުސާރަ ނުދިނުމާއި، ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުވުމެވެ. އަދި، ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުމެވެ

ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެއަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ރާއްޖޭގަ ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ހަދާ ގަވާއިދަކުން ކަމަށެވެ. ގާނޫނުގައި ލިމިޓް ކަނޑައެޅުމުގެ ބަދަލުގައި ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން އެ އަދަދު ކަނޑައެޅުމަށެވެ.  

ދެން މި ބިލުގައި ސަރުކާރުން ހިމަނާފައިވާ އިސްލާހަކީ ބިދޭސީން ގެންނަ ފަރާތްތަކުން މިނިސްޓްރީގައި ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓާ ގޮތަަށް ހެދުމެވެ. ނަމަވެސް ވަކި އަދަދެއް ބަޔާންކޮށްފައި ނުވެ އެވެ.

ވަޒީފާދޭ ފަރާތުން ބިދޭސީންނާ މެދުގައި އިހުމާލުވި ކަމުގައި ބެލޭނެ ހާލަތްތަކަކީ މުސާރަ ނުދިނުމާއި ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގައި މި ބިލްގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުމާއި ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުމެވެ.

އަދި އެ އިސްލާހުގައި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ އިސްލާހު ރައީސް ތަސްދީގުކުރައްވާފައިވާއިރު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރަންޖެހެ އެވެ.

މިވަގުތު ރާއްޖޭގައި ބިދޭސީންގެ ކަންކަން ބަލަހައްޓަމުން ދަނީ ހޯމް މިނިސްޓްރީގެ ދަށުން މިނިސްޓަރު އަލީ އިހުސާން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް