ads
ފަތުރުވެރިންތަކެއް
އޮގަސްޓް މަހު ޒިޔާރަތްކުރި ފަތުރުވެރިން އަޕްޑޭޓް
ހުސްވި އޮގަސްޓު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަޕްޑޭޓް ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.
Advertisement

މިއަދު މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހުގެ 1 ވަނަ ދުވަހުން މިދިޔަ މަހުގެ 30އާ ހަމައަށް ރާއްޖެ އައިސްފައި ވަނީ، 172،314 ފަތުވެރިންނެވެ.  

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާކަމަށް ދައްކަނީ ޗައިނާއިންނެވެ. އެ ގައުމުން ރާއްޖެއަށް 197326 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން 146243 ފަތުރުވެރިން، އަދި ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 117080 ފަތުރުވެރިން އައިސްފައި ވެއެވެ.

މިދިޔަ މަހު އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އެ މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ 7032 ފަތުވެރިންނެވެ. އެންމެ ދަށް އަދަކަށް 3715 ފަތުވެރިން އައިސްފައި ވަނީ 29ގަ އެވެ. އެވްރެޖު އަދަދު އުޅެނީ 5500ގަ އެވެ. އަދި އެވްރެޖުކޮށް ފަތުރުވެރިން މަޑުކޮށްފައި ވަނީ 7.7 ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން އެވަރެޖުކޮށް 7.7 ދުވަސް ރާއްޖޭގައި ހޭދަ ކުރެއެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކުރާ 64142 އެނދު ހުރި ކަމަށް އެ މިނިސްޓަރީގެ ހިސާބުތަކުން ދައްކައެވެ.

your imageވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ފަތުރުވެރިންތަކެއް

ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރު ކުރުމަށް ސަރުކާރުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން، އެމްއެމްޕީއާރުސީ އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބްރޭންޑެޑް އިޝްތިހާރުތަކާއި، ޕްރޮމޯޝަނަލް ހަރަކާތްތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ މާކެޓިންގ ކެމްޕޭނުތައް ހިމެނެ އެވެ. އަދި ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި ބިޒްނަސް ޓު ކޮންސިއުމާ މާކެޓިންއަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް އެމްއެމްޕީއާރުސީިން ބުނެ އެވެ.

ރާއްޖޭގެ އިގުތިސޯދު އެންމެ ބޮޑަށް ބަރޯސާވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މިހާރުވެސް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވާދަވެރި މަންޒިލަކަށްވާއިރު، އެކަން އެގޮތުގައި ދަމަހައްޓާ އިތުރު މާކެޓްތަކުން ރާއްޖެއަށް މީހުން ޝައުގުވެރިކުރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު މި އަހަރުގެ ޑިސެމްބަރުގައި ހާސިލްކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް