ads
އަހްތަރު އަމިއްލައަށް މަރުވާން އުޅެފި
ކަރުގައި ނިޝާނެއް ނެތް، ޕޯސްމޯޓަމް ހަދާކަށް ބޭނުމެއް ނޫން،: އަތްހަރު އާއިލާ
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ ހާލު ދެރެވެގެން މަރުވި އާދަމް އަތުހަރުގެ ޕޯސްމޯޓަމަށް ހަދަން ބޭނުން ނުވާކަމަށް އާއިލާއިން ބުނެފިއެވެ.
Advertisement

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނިގެން ފަރުވާ ދޭން ފެށީ ރޭގެ ވަގުތެއްގައެވެ. އައީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އަތްހަރު މަރުވީ މިއަދު 16:08 ހާއިރުކަމަށް ފުލުހުން ބުނެއެވެ. 

އަތުހަރުގެ އެއްބަނޑުއެއްބަފާ ބޭބެ މުހައްމަދު ތަސްމީނު  ހޮސްޕިޓަލްގައި ހުރެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ ކޮއްކޮ އަތްހަރުގެ ޕޯސްމޯޓަމް ހަދަން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ވީ އެންމެ އަވަހަަށް ކޮއްކޮ ވަޅުލާންކަމަށެވެ. 

ތަސްނީމު ބުނީ އަހްތަރުގެ ކަރުން ދަންޖެހުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ. 

" އަޅުގަނޑަކަށް ކަރަކުން އެއްވެސް ވަރަކަށް ނުފެނޭ އެއްވެސް ނިޝާނެއް، ދަންޖެހިފައި ހުރިއްޔާ ހުންނާނެ ރައް އަރާފައި. ރޭގައި ވީކަމެއް މިއަދު ހަވީރު 4:08 ގައި މަރުވީ. އީސީޖީ އަޅުގަނޑު އިންނާނެ ސޮއިކޮށްފައި ލިބު ދެއްކިކަމަށް. އަޅުގަނޑަކަށް އެއްވެސް ވަރަކަށް ފާހަގައެއް ނުކުރެވޭ އެއްވެސް ނިޝާނެއް ކަރުގައި ހުރިކަމަކަށް." އަތުހަރުގެ އެއްބަނޑުއެއްބަފާ ބޭބެ މުހައްމަދު ތަސްމީނު ބުނިއެވެ.

ޖަލުގައި އަތްހަރު ހުރެފައި މަރުވިއިރު ދަންޖެހިފައި ހުރި ފުޓޭޖް ފުލުހުން ދައްކަން ޖެހޭކަމަށް އަހްތަރުގެ ބޭބެ ތަސްމީނު ބުނިއެވެ. 

" އެ ދަންޖެހެން ބޭނުންކުރި އާލަތާއި ދަންޖެހުމުން އެ ނާޑުވާއެއް ވިޔަސް، ރަބަރެއް ވިޔަސް ، އެ ސޯޓެއް ހަލާކުކުރި މަންޒަރާއި އެ ޖެހިފައި ހުރި ފުޓޭޖް ހަމަ ސުރެ ސުރެން އަޅުގަނޑުމެން ބޭނުން." އަތުހަރުގެ އެއްބަނޑުއެއްބަފާ ބޭބެ މުހައްމަދު ތަސްމީނު ބުނިއެވެ.

އަތްހަރުގެ މަރު ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އަދި އަހްތަރު މަރުވި ސަބަބު ދެނެގަތުމަށް އޮޓަޕްސީ ހެދުމަށް ނިންމާފައިވާކަމަށްވެސް ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.  

އަތްހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ޓައިމްލައިނެއް ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ. އެ ޓައިމް ލައިން ދައްކާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދަން 23 މިނެޓް ވަނީ ހޭދަވެފައެވެ. އަދި ދަންޖެހިފައި ހުއްޓާ ފެނުނީ ގޮޅިގައި ހުރި ކެމެރާއިންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް