ads
ދިޕިކާ
ދީޕިކާ ޕަދުކޯންގެ ރީތި ހަނގަނޑާއި ބޯ އިސްތަށިގަނޑުގެ ސިއްރު ހާމަކޮށްފި
ދީޕިކާ ޕަދުކޯންގެ ކުރީގެ ނިއުޓްރިޝަނިސްޓް އޭނާގެ ރީތި ހަނގަނޑުގެ ސިއްރު ހާމަކޮށްފިއެވެ.
Advertisement

ދެހާސް އަށާރަ ވަނަ އަހަރު ދީޕިކާ ޕަދުކޯންގެ ކައިވެނީގެ ދުވަސްވަރު އޭނާއާ ބައްދަލުވި ނިއުޓްރިޝަނިސްޓް ޝްވޭޓާ ޝާހް ބުނީ، ދީޕިކާ ބޭނުންވީ އޮފްކަން ފެންނަ ހަންގަނޑެއްކަމަށާއި، އެކަމަށްޓަކައި "އޭނާ ކޮންމެ ދުވަހަކު ބޯން، 3 މަސް ދުވަހަށް ބޯނެ ޖޫހެއްގެ އިރުޝާދު ދެވުނު" ކަމަށެވެ.

"އަހަރެން ދީޕިކާއާ ބައްދަލުވީ އޭނާގެ ކައިވެނީގެ ކުރިން. އޭނާ ބޭނުންވީ އޮފް ހަންގނަޑަކާ ރަނގަޅު އިސްތަށިގަނޑެއް" ނިއުޓްރިޝަނިސްޓް ޝްވޭޓާ ޝާހް ބުންޏެވެ.

ދީޕިކާ ޕަދުކޯންގެ ކެއުމުގެ އާދަތައް ހާމަކުރުމަށްފަހު، އޭނާގެ ކުރީގެ ނިއުޓްރިޝަނިސްޓް ޝްވޭޓާ ޝާހް އެކްޓަރުގެ އޮފްކަން ފެންނަ ހަންގަނޑުގެ ސިއްރު ވެސް ހާމަކުރިއެވެ.މި ޖޫހުގައި ހިމެނެނީ މިންޓު ލީފް، ކޮރިއެންޑާ ލީފް، ހިތި ފަތް، ކަރާ އަދި ބީޓްރޫޓެވެ.

މި ބާވަތްތައް ފެނާއެކު އެއްކޮށްލުމުން ރަހަ މީރު އަދި ސިއްހަތަށް ފައިދާހުރި ބުއިމެއް ހެދޭނެކަމަށް ދި އެސްތެޓިކް ކްލިނިކްސްގެ ކޮންސަލްޓަންޓް ޑަރމަޓޮލޮޖިސްޓް ޑރ. ރިންކީ ކަޕޫރު ބުންޏެވެ.ނަމަވެސް މިފަދަ ޖޫހެއް ބުއިމުން ހަމުގެ އޮފްކަން ފެންނަ މިންވަރު އިތުރާކަމީ  ބަހުސްކުރެވޭ ކަމެއް ކަމަށް ޑރ. ރިންކީ ކަޕޫރު ބުންޏެވެ.މިފަދަ ޖޫހެއް ގިނައިން ބުއިމުން ބައެއް މީހުންނަށް ހަޖަމު ނުވުމާއި، ކަރުގައި ގޭސް ޖަމާވުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް