ads
ރާއްޖެއިން ބައިވެރިވެފައިވާ އައިޓީބީ ފެއާގެ ތެރެއިން ރާއްޖޭގެ ސްޓޭންޑް - ފޮޓޯ/ ވިޒިޓް މޯލްޑިވްސް
ޖަރުމަންގައި ތަމްސީލު ކުރާނެ އެޖެންސީއެއް ހޯދަނީ
ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް އެޖެންސީއެއް ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.
Advertisement

ޖަރުމަންގައި ރާއްޖެ ތަމްސީލު ކުރާނެ އެޖެންސީއެއް ހޯދާ އިރު، އެ ގައުމަކީ މިހާރު ވެސް ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގޮތުން މިހާރު ލިސްޓްގައި 5 ވަނައިގައި އޮތް ޖަރުމަނުން މި މަހުގެ 1 އާ ހަމައަށް ރާއްޖެ އަށް 98183 ފަތުރުވެރިން އައިސްފައިވެ އެވެ. 

ޖަރުމަނުވިލާތުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މި މަސައްކަތަށް އެމްއެމްޕީއާރްސީން ވަނީ މަހަކަށް 3600 ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. 

އެމްއެމްޕީއާރްސީގެ އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް ބީލަން ހުށަހަޅާ އެޖެންސީއަކީ ފާއިތުވި 5 އަހަރު ތެރޭގައި އެފަދަ މަސައްކަތެއްގެ ތަޖުރިބާ ލިބިފައިވާ އެޖެންސީއަކަށް ވާންޖެހެ އެވެ.

މިފަދަ އެޖެންސީއެއް ހޯދުމުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ޖަރުމަން މީހުން އަހުލުވެރިކުރުމާއި އެޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުުރުކުރުމެވެ.

ރާއްޖޭގެ އިގުތިސޯދު އެންމެ ބޮޑަށް ބަރޯސާވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މިހާރުވެސް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވާދަވެރި މަންޒިލަކަށްވާއިރު، އެކަން އެގޮތުގައި ދަމަހައްޓާ އިތުރު މާކެޓްތަކުން ރާއްޖެއަށް މީހުން ޝައުގުވެރިކުރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒު މި އަހަރުގެ ޑިސެމްބަރުގައި ހާސިލްކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެވެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް