ads
ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އިސްރާއީލުގައި ކުރަމުންދާ މުޒާހަރާ. މުޒާހަރާ ކުރަން ފެށީ އިސްރާއީލުގެ ހަ އަސީރުން މަރުވެފައި ތިއްބައި ގާޒާއިން ފެނުމާ ގުޅިގެން.
ހަ ރަހީނުން މަރުވުމުން އިޒްރޭލު މީހުން މަގުތަކަށް
ފަލަސްތީނުގެ ގާޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓައިލުމަށް ފަހު އެ ސަހަރުގައި ވެރިކަން ކުރާ ހަމާސް ޖަމާއަތާ އެކު ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލަން ގޮވައިލައި ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފި އެވެ.
Advertisement

މުޒާހަރާކުރާ ފަރާތްތަކުން ނަތަންޔާހޫ އަށް ޑިމާންޑް ކުރަނީ ގާޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ހަމާސް ޖަމާއަތާއެކު ސުލްހަވެރި ހައްލަކަށް ދެވޭނެ މަގެއް ހޯދުމަށެވެ. 

މިފަހުން ޔަހޫދީ ފައުޖުން ވަނީ އަަސީރުންގެ ތެރެއިން އިތުރު ހަ މީހެއްގެ ހަށިގަނޑު ހޯދާފަ އެވެ. އެ މީހުންގެ ހަށިތައް ފެނިފައި ވަނީ ޣައްޒާގެ ދެކުނު ހާން ޔޫނިސްގައި ބިނާ ކޮށްފައިވާ ބިންގަރާހެއްގެ ތެރެއިންނެވެ. އެ ހަ މީހުން މަރުވީ ކޮން ސަބަބަކާ ގުޅިގެން ކަން ސާފެއް ނޫނެވެ. ނަމަވެސް, އެ މީހުން މަރުވީ, ޔަހޫދީ ފައުޖުން ހާން ޔޫނިސަަށް މެދުކެނޑުމެއް ނެތި ދެމުންދާ ރަޙުމު ކުޑަ ހަމަލާތަކުގައި ކަމަށް ބެލެވެ އެވެ. 

ހަމާސްއާ އެކު ސުލްހައިގެ އެއްބަސްވުން ދިގުދަންމައި، ރަހީނުންތަކެއް މަރުވެފައިވަނީ ނަތަންޔާހޫ އިސްވެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭތީ ކަމަށް ޔަހޫދީން އަންނަނީ ބުނަމުން ނެވެ. މި މުޒާހަރާތަކުން ދައްކުވައިދެނީ އިޒުރޭލުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަވެރި ހައްލަކަށް އާދެވޭނެ ގޮތެއް ހޯދުމަށް ކަމެވެ. 

އިސްރާއީލާއި ގާޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރާތާ މަސްތަކެއް ވެފައިވާއިރު، އެއްބަސްވުމަކަށް އަދިވެސް އާދެވިފައި ނުވާތީ، ޔަހޫދީންގެ ގިނަ ބަޔަކު އަންނަނީ ނަތަންޔާހޫއަށް ފާޑުކިޔަމުންނެވެ.

އަދި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި އާންމުންގެ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ.

ޔަހޫދީންގެ ޕްރެޝަރު ބޮޑުުވުމުން، ނަތަންޔާހޫ ވަނީ ރަހީނުންތައް ސަލާމަތް ނުކުރެވުމުން ދައުލަތުގެ ޓީވީ މެދުވެރިކޮށް އިޒްރޭލުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ.

your imageސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާއަށް ނުކުތުމާ އެކު ނަތަންޔާހޫ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ

ގާޒާގައި ބަންދުކޮށްފައިވާ އަސީރުންގެ އާއިލާތައް ތަމްސީލުކުރާ ހޮސްޓޭޖްސް އެންޑް މިސިން ފެމިލީސް ފޯރަމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހަ އަސީރުން މަރުވުމަކީ ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫ އެއްބަސްނުވުމުން ލިބުނު ނަތީޖާ ކަމަށެވެ.

މީގެ އިތުރުން އޮކްޓޯބަރު ހަތް ވަނަ ދުވަހަށް ފަހު ފުރަތަމަ ފަހަރަށް ޔަހޫދީންގެ އެންމެ ބޮޑު ޓްރޭޑްސް ޔޫނިއަން ފެޑެރޭޝަން، ހިސްޓަޑްރޫޓުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށް އާންމު ހަޅުތާލަކަށް ގޮވައިލާފަ އެވެ.

ޔަހޫދީ ސިފައިން ގާޒާއަށް ދެމުންދާ ފަނާކުރަނިވި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި މިހާރުވެސް ވަނީ ހުޅުހިފާފަ އެވެ. ގާޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި ދިރި ތިއްބައި އެންދުން ފަދަ އަނިޔާތައް ޔަހޫދީން ދަނީ އާންމުނަށް ކުރަމުންނެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން 40700 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުވެފަ އެވެ. ޔަހޫދީންގެ ރަހުމު ކުޑަ ހަމަލާތަކުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 94224އަށް އުފުލިފަ އެވެ. އެކަމަކު އަދިވެސް ހަނގުރާމަ ނިންމާނެ ދުވަހެއް އެކަކަށް ވެސް ނޭނގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް