އުމުރުން 39 އަހަރުގެ ރޮނާލްޑޯވަނީ، ވޯލްޑްކަޕް ކޮލިފައިންގައި އެންމެ އަވަހަށް ޕޯޗުގަލްއިން ކުޅެން ޖެހޭ މެޗުތަކަށް އެކުލަވާލި ސްކޮޑުގައި ހިމެނިފައެވެ. އޭނާ ބުނީ، ކުޅުން ހުއްޓާލުން އެއީ އުނދަގޫ ނިންމުމަކަށް ނުވާނެ ކަމަށާއި ވަގުތު ޖެހުމުން އެކަން ކުރާނެ ކަމަށެވެ.
އެންމެ އަވަހަށް ޕޯޗުގަލްއިން ކުޅެން ޖެހޭ މެޗުތަކަކީ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ ސްކޮޓްލެންޑާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ޕޮލެންޑްއެވެ.
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ އަކީ އެޓީމަށް އެންމެ ގިނަ މެޗު ކުޅޭދީ، އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮންނަ ކުޅުންތެރިޔާ އެވެ. އަދި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ދުނިޔޭގެ ރެކޯޑް ވެސް އޮންނަނީ އޭނާ އަތުގަ އެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 212 މެޗުން 130 ގޯލު ޖަހައިދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;