މިއިން ދުވަހަކު އަންހެނުންގެ ފުޓްބޯޅަ ރާއްޖޭގައި ނެތް އިރު، އަންނަ މަހު އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ބީގައެވެ.
މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ ނޭޕާލް، ލަންކާ އަދި ބޫޓާންއެވެ. އަނެއް ގްރޫޕުގައި އޮތީ އިންޑިޔާ، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.
އަންނަ މަހުގެ 17 އިން 30 އަށް ނޭޕާލްގައި އޮންނަ ސާފް ޗެމްޕިއަންޝިޕް އަންހެނުންގެ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނުކުންނާނީ އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށެވެ. އޭގެ ފަހުން ރާއްޖެ ކުޅޭނީ ނޭޕާލްއާއެވެ. އަދި ގްރޫޕް ސްޓޭޖުގައި ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ރާއްޖޭގައި އަންހެން ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނެތްތާ ވަރަށް ދުވަސް ވެއްޖެއެވެ.