އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުތައް ފެށުމަށް ނިންމާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށްފަ އެވެ.
މިހާތަނަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު މިއަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހު ފަށާ މިދަތުރުތަކާ އެކު އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ހަފްތާ އަކު ދެ ދަތުރު ކުރާނެ އެވެ.
މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ 787 ޑްރީމްލައިނަރ އެއާކްރާފް ޓެވެ. މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 6 ގަޑިއިރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 22 ގައުމަކުން 42 އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރެ އެވެ.