އޮސްޓްރޭލިއާގެ އޭ ލީގުގެ ވެސްޓަން ސިޑްނީ ވޮންޑަރާސްއާ މަޓާ ގުޅުނީ އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އުމުރުން 36 އަހަރުގެ ސްޕެއިންގެ މަޓާއަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖަޕާނުގެ ޓީމު ވިސެލް ކޯބޭ ދޫކޮށްލި ފަހުން ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ކުޅުންތެރިއެކެވެ.
މަޓާ އިންގްލެންޑު ދޫކޮށް 2022 ވަނަ އަހަރު ގަލަޓަސަރޭއާ ގުޅުނުއިރު، އޭނާ ވަނީ ތުރުކީގައި ހޭދަކުރި ހަމައެކަނި ސީޒަނުގައި ލީގު ކާމިޔާބުކޮށްފަ އެވެ.
ސްޕެއިންއަށް 40 ފަހަރު ކުޅުނު މަޓާ ޗެލްސީއާ ގުޅުނީ 2011 ވަނަ އަހަރު ވެލެންސިއާ އިން 23.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. ސްޓެމްފޯޑް ބްރިޖްގައި ސަޕޯޓަރުންގެ ފޭވަރިޓެއްގެ ގޮތުގައި ކުޅުނު މި ޕްލޭމޭކަރަކީ ދެ ސީޒަނުގައި ވެސް އެ ކްލަބުގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ކުޅުންތެރިއެކެވެ.
މި މިޑްފީލްޑަރަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި ޔޫރޯ 2012 ކާމިޔާބުކުރި ސްޕެއިން ސްކޮޑުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.
އޭނާ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 2014 ވަނަ އަހަރު އޭރުގެ ކްލަބުގެ ރެކޯޑަކާއެކު 37.1 މިލިއަން ޕައުންޑަށެވެ. އޭނާ ވަނީ އޯލްޑް ޓްރެފޯޑްގައި އަށް އަހަރު ހޭދަކޮށްފަ އެވެ. ޔުނައިޓެޑަށް ކުޅުނު 285 މެޗުގައި 51 ލަނޑު ޖަހައިދީފައި ވާއިރު، 2022 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އޭނާ ކުލަބު ދޫކޮށް ގަލަތަސަރޭއާ ގުޅުނެވެ.