އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ "ފުރިހަމަ މައިންބަފައިން" ނޫންކަމަށް އިޢުތިރާފުވެއްޖެ
އައިޝަތު ނޫރާ
05 ސެޕްޓެމްބަރ 2024 - 21:59:35
އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ "ފުރިހަމަ މައިންބަފައިން" ނޫންކަމަށް އިޢުތިރާފުވެއްޖެއެވެ. އަނުޝްކާ ޝަރުމާ ފަހުން މުންބާއީއަށް ޒިޔާރަތްކޮށް، އިވެންޓެއްގައި ބައިވެރިވެ، ދަރިން ބެލެހެއްޓުމާއި ގުޅޭގޮތުން ބެހޭގޮތުން ވާހަކަދެއްކިއެވެ.
އަނުޝްކާ ޝަރުމާ އާއި ވިރާޓް ކޯލީ މިހާރު ދެ ކުދިންގެ މައިންބަފައިންނެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަނުޝްކާ ޝަރުމާ ފިރިހެން ކުއްޖަކު ވިހެއެވެ. އެ ކުއްޖާގެ ނަމަކީ އަކާއޭ އެވެ. ވިރާޓް އާއި އަނުޝްކާއަށް ކުރިން ވެސް އަންހެން ކުއްޖަކު ލިބިފައިވެއެވެ. އެ ކުއްޖާ ވާމިކާ އެވެ. މިހާރު އެމީހުންނަކީ އުފާވެރި ހަތަރު މެންބަރުންގެ ޢާއިލާއެކެވެ.
ސްލަރްޕް ފާމްގެ "ޔެސް މަމްސް އެންޑް ޑެޑްސް" އިވެންޓުގައި އަނުޝްކާ ޝަރުމާ ޚާއްޞަ މެހުމާނެއްގެ ގޮތުގައި ބައިވެރިވިއެވެ. އޭނާ މައިންބަފައިންކަމާއި، ކުދިންނާ ގުޅޭ ކަންކަމާ ބެހޭގޮތުން ދިގުކޮށް ވާހަކަދެއްކިއެވެ. އޭނާ އާއި ވިރާޓް ކޯލީއަކީ ފުރިހަމަ މައިންބަފައިން ނޫންކަމަށާއި، އެމީހުން ވެސް ދަރިން ބެލެހެއްޓުމުގައި ގޯސްތައް ހެދޭކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ. އެމީހުން ފުރިހަމަ ނޫންކަމަށާއި، ކަންކަމާމެދު ޝަކުވާކުރާކަމަށާއި، އެކަން ކުދިންނަށް އެނގުމަކީ މައްސަލައެއް ނޫންކަމަށް އޭނާ ބުންޏެވެ.
އަނުޝްކާ އިތުރަށް ބުނީ، ކުދިން ލިބުމަށްފަހު އޭނާގެ އިޖްތިމާޢީ ދިރިއުޅުން ބަދަލުވިކަމަށެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް