ads
ކަރީނާ ކަޕޫރު--
އަދިވެސް ކަރީނާ ރާއްޖެ އަންނަ ހިތުން ކެތްމަދުވެފައި
ކޮވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުނުގައި އޮތް މިވަގުތުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް މިވަނީ އާއިލާއާއެކު ވަގުތު ހޭދަކުރަން ވަގުތު ލިބިފަ އެވެ. އެގޮތުން ކަރީނާ ކަޕޫރު ހާން އާއި ސައިފް އަލީ ހާން އަންނަނީ އެމީހުންގެ ދަރިފުޅު، ތައިމުރްއާއެކު ވަގުތު ހޭދަކުރަމުންނެވެ.

ކަރީނާ ކަޕޫރު ކުރިން ކިރިޔާ ވެސް ޗުއްޓީއެއް ލިބޭއިރަށް ގައުމުން ބޭރަށް ފުރާ ފަރާތެކެވެ. ފިލްމެއްގެ ޝޫޓިން ނެތްނަމަ، އަބަދުވެސް ކޮންމެވެސް ތަނެއްގައި ޗުއްޓީ ހޭދަކުރާ ކަރީނާ ވަނީ ކޮވިޑް-19 ގެ ކަންތައްތައް ފެށުމުގެ ކުރިން ރާއްޖެ ވެސް އައިސްފަ އެވެ. އަނެއްކާ ވެސް ކަރީނާ ރާއްޖެ މަތިން ވަރަށް ބޮޑަށް މިވަނީ ހަނދާންވެފަ އެވެ. 

ދާދި ފަހުން އިންސްޓަގްރާމު ބޭނުންކުރަން ފެށި ކަރީނާ މިވަނީ އޭނާގެ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ރާއްޖޭގެ ގޮނޑުދޮށުގައި ނަގާފައިވާ އެ ފޮޓޯއިން ފެނިގެންދަނީ ކަރީނާއާއެކު ސައިފް އާއި ތައިމުރު ވެސް އިން މަންޒަރެވެ. މި ފޮޓޯގެ ކެޕްޝަނުގައި އޭނާ ވަނީ އަނބުރާ އަންނަން ވަރަށް ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

މިހާ ބޮޑަށް ރާއްޖޭގެ ހަނދާންތައް އާވާނަމަ، ބެލެވޭ ގޮތުގައި ކޮވިޑް-19 ގެ ކަންކަން ހަމައަކަށް އެޅުމުން ކަރީނާ، އޭނާގެ އައިލާއާއެކު އަދި ރާއްޖެ އަންނާނެ އެވެ. 

ކަރީނާގެ އިތުރުން ވެސް އެހެން ތަރިން ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު އަނބުރާ ގައުމަށް ގޮސް ވެސް ރާއްޖޭގެ ހަނދާންތައް އާވާތީ ފޮޓޯތައް ހިއްސާކޮށްފަ އެވެ.

އެންމެ ފަހުން ގުޑް ނިއުސް އިން ފެނިގެންދިޔަ ކަރީނާގެ ކުރިއަށް އޮތް މަސައްކަތަކީ ލާލް ސިންގް ޗައްދާ އެވެ. އެކަމަކު މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ދަނިކޮށް ކޮވިޑް-19 ފެތުރެމުންދާތީ މުޅި އިންޑިއާ ވަނީ ލޮކްޑައުންކޮށްފަ އެވެ. މިއާއެކު ފިލްމުގެ ޝޫޓިންތައް ވެސް ހުއްޓުނީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް