ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ކާރުގެ ޑްރައިވަރު އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުހައްމަދު ވިސާމް ސިދުގީ އެވެ. އޭނާއަކީ ލައިސެންސް އޮންނަ މީހެއް ނޫނެވެ.
މުހައްމަދު ވިސާމް ސިދުގީ ހުޅުމާލޭގެ ރޭ ދުއްވި ކާރުން ޖެހި ނިޔާވީމޯލްޑިވްސް ކަރަކެޝަނަލް ސާވިސްގެ މުވައްޒަފެއް ކަމަށްވާ ލ. އިސްދޫ ،ބީޗް ހައުސް އުމުރުން 23 އަހަރުގެ ހަސަން ސަމާހް އެވެ. އޭނާ ނިޔާވީ އެކްސިޑެންޓް ވުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށެވެ.
މި އެކްސިޑެންޓާ އެކު، ސަރުކާރުން ވަނީ ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނުތައް އިސްލާހު ކުރުމަށް ނިންމާފަ އެވެ.