"އެންޓޮޑް ފާމަސިއުޓިކަލްސްގެ ޕްރެސްވިއު އައި ޑްރޮޕްސް" އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އިން ވަނީ ހުއްދަ ދީފައެވެ. މިއީ ޕްރެސްބައޯޕިއާ ފަރުވާގައި ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
ޕްރެސްބައޯޕިއާއަކީ އުމުރުން ދުވަސްވުމާއެކު ކައިރިން ފެންނަ އެއްޗެހި ސާފުކޮށް ނުފެނުމުގެ މައްސަލައެކެވެ. އާންމުކޮށް 40 އަހަރުން މަތީގެ މީހުންނަށް މި މައްސަލަ ދިމާވެއެވެ.
"ޕްރެސްވިއު" އައި ޑްރޮޕްސް ބޭނުންކޮށްގެން 15 މިނެޓުތެރޭ ކައިރިން ފެންނަ އެއްޗެހި ސާފުކޮށް ފެންނަން ފަށައެވެ. މީގެ ސަބަބުން ކިޔުމަށް އައިނު ބޭނުންކުރަން ނުޖެހޭނެއެވެ. އަދި ލޮލަށް ތެތްކަން ދިނުމުގެ އިތުރު ފައިދާވެސް ލިބެއެވެ.
މި އައި ޑްރޮޕްސް ބޭނުންކުރުމުން ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ފަސޭހައިން ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.