ads
ފޮޓޯ: މުހައްމަދު ވަޖީހް ފޭސްބުކް އެކައުންޓް
300 ޓަނުގެ ކާގޯ އާއި އެކު އިންޑިޔާގެ ބޯޓެއް ހިތަދޫ ރީޖަނަލް ޕޯޓަށް
300 އާއި ގާތްކުރާ އަދަދެއްގެ މެޓްރިކް ޓަނުގެ ކާގޯ ލޯޑުކޮށްގެން އިންޑިއާގެ ޓިޓުކޮރިންއިން އައްޑޫ ސިޓީ ހިތަދޫ ރީޖެނަލް ޕޯޓާއި ދިމާއަށް "އެމްވީ ނިއުމަތު" ނަމަކަށް ކިޔާ ބޯޓެއް ދަތުރުކުރަމުން އެބަ ދާކަމަށް އެމްޕީއެލްގެ އެމްޑީ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

މިކަން ހާމަކޮށް ފޭސްބުކް ގައި އާންމުކުރި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ އައްޑޫ ސިޓީ އަށް ގެންދިއުމަށްޓަކައި އިންޑިޔާގެ ޓިޓުކޮރިން އިން 300 ވަރަކަށް މެޓުރިކް ޓަނުގެ ކާގޯ ލޯޑު ކޮށްގެން "އެމްވީ ނިއުމަތު" ބޯޓު ހިތަދޫ ރީޖެނަލް ޕޯޓަށް ދަތުރު ކުރަމުން ދާކަމަށާއި ޝެޑިއުލްގައި ވާގޮތުން މިބޯޓަށް ހިތަދޫ ޕޯޓަށް ބަދަރު ކުރެވޭނީ މިމަހުގެ 11 ވާ ބުދަ ދުވަހުގައި ކަމަށެވެ.

" އައްޑޫ ސިޓީ އަށް ގެންދިއުމަށްޓަކައި އިންޑިޔާގެ ޓިޓުކޮރިން އިން 300 ވަރަކަށް މެޓުރިކް ޓަނުގެ ކާގޯ ލޯޑު ކޮށްގެން "އެމްވީ ނިއުމަތު" ހިތަދޫ ރީޖެނަލް ޕޯޓަށް ދަތުރު ކުރަމުން އެބަދޭ. ޝެޑިއުލްގައި ވާގޮތުން މިބޯޓަށް ހިތަދޫ ޕޯޓަށް ބަދަރު ކުރެވޭނީ މިމަހުގެ 11 ވާ ބުދަ ދުވަހު."

ވަޖީހު ވިދާޅުވީ އައްޑޫ ހިތަދޫ ޕޯޓަށް ބަނދަރުކުރުމަށް މިހާރު ފުރާފައިވާ މިބޯޓުންގެންދާ މުދާ ތަކުގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ޖެނެރަލް ކާގޯ ގެ ބާވަތްތައް ހިމެނޭކަމަށެވެ.

އަދި މިއީ، އިންޑިޔާއިން، ދާއިމީ ގޮތެއްގައި އައްޑޫ ސިޓީ އަށް ކާގޯ ގެންދިއުމަށްޓަކައި މިސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން، މެދު ނުކެޑި، އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެން ދިޔަ ބޮޅެއްކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް