ads
އަންހެން ވޮލީ ޓީމުގެ ބައެއް މެންބަރުން
ދެވަނަ މެޗުންވެސް އަންހެން ވޮލީ ޓީމު މޮޅުވެއްޖެ
ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.
Advertisement

މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި މޮޅުވީ ތަޖިކިސްތާން އަތުންނެވެ. މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ތަޖިކިސްތާނުގެ އިތުރުން ކިރްގިސްތާން އަދި އަފްޣާނިސްތާނެވެ.

ތަޖަކިސްތާނު އަތުން ރާއްޖެ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. އެއީ 25-18 ،  25-12 ،  25-21 އަދި 25-16 އިންނެވެ.

ރާއްޖޭންވަނީ ފުރަތަމަ މެޗުގައި އަފްގާނިސްތާނު އަތުންވެސް މޮޅުވެފައެވެ. ލީގު ބުރުގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް