ads
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު
ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފި
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކޮށްފިއެވެ.
Advertisement

އޭނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އަދި މަގާމުން ވަކިކޮށް ރައީސް އޮފީހުގެ ވެބްސައިޓުންވެސް ވަނީ އޭނާ ނަމާއި ފޮޓޯވެސް ނަގާފައެވެ. ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަިކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. މިކަމުގައި ރައީސް އޮފީހުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. 

ހޯމް މިނިސްޓްރީގެ ވެބްސައިޓުގައި ވާގޮތުން ޔޫސުފް އަބްދުލްގަފޫރުގެ އިތުރުން އަދި ފަސް ސްޓޭޓް މިނިސްޓަރުން އެ މިނިސްޓްރީގައި ތިބެއެވެ.

ޔޫސުފް އަބްދުލްގަފޫރު ވަނީ 2014ގައި ވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު އަދާކޮށްފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު 700 ވުރެ ސީޔާސީ މުވައްޒަފުންގެ އަދަދު ބޮޑު ނުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް މިހާތަނަށްވެސް ސަރުކާރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާ އަދަދުތައް ހާމަކޮށްފައެއް ނުވެ އެވެ. 

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ބައެއް މީޑިއާތަކުން ހުށައެޅުމުންވެސް ބައެއް އިދާރާތަކުން ވަނީ އެ މައުލޫމާތު ނުދީ ހިފަހައްޓާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް